ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނައިން މީޑިއާ އާ މިހާތަނަށް ބައްދަލުކުރެއްވި ވެރިއަކީ ރައީސް ސާލިހް: ޒަރީރު

މަތިވެރިދާއިރާގެ މެމްބަރު ހަސަން ޒަރީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތެއްގެ ވެރިއެއްގެ ހައިސިއްޔަތުން މިއަދު އެންމެ ގިނައިން މީޑިއާތަކާއި ބައްދަލުކޮށް ސާފުމައުލޫމާތު ރައްޔިތުންނާއި ހަމައަށް އޮޅުންފިލުވައިދޭ އެއް ރައީސްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރުން ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

މިއަދު ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަދި ކޮށްދެމުންދާ މަސައްކަތްތައް އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ނަތީޖާއަކީ މިއަދު ކޮންމެ މީހަކަށްވެސް، ކޮންމެ މީޑިއާއަކަށްވެސް ކޮންމެ ސަރުކާރު އޮފީހަމަށް ވަދެ އަތްދިއްކޮށްލާފަ، ގަލަމުން ލިޔެލާފައި މިވެނި މައުލޫމާތެއް ދޭށޭ ބުނުމުގެ މިނިވަންކަން  އެބައޮތް. އެމިނިވަންކަން އެދަނީ ދެމުން. މިއީ ނިމިދިޔަ އެއްވެސް ސަރުކާރަކުން ކުރި ކަމެއްތޯ؟ ނިމިދިޔަ އެއްވެސް ސަރުކާރެއްގައި އެ މައުލޫމާތުތައް ލިބުނުތޯ؟ ކޮން މައުލޫމާތެއްތޯ  މިއަދު ނުލިބެނީ؟ ކޮން މިނިވަންކަމެއްތޯ ނުލިބެނީ؟

ޒަރީރު ވިދާޅުވީ މިސަރުކާރުން ނޫސްވެރިން ޖަލަށްލައި އަނިޔާ ކުރަމުން ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ހާހުން، ދެހާނުން، ފަސް މިލިއަނުން  ނޫސް މަޖައްލާތައް ޖޫރިމަނާ ކުރަމުން ނުދާ ކަމަށެވެ. ޒަރީރު ވިދާޅުވީ މިސަރުކާރުން އެމަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

މިއަދު އެބޭފުޅުން ނޫސްވެރިންގެ މިނިވަންކަން ނެތޭ ބުނުމުން އަޅުގަނޑުމެން ގަންނަނީ ލަދު. މިއީ ބޮޑު ޖޯކެއް.

އިންތިހާބުތަކާއި ބެހޭ ގާނޫނަށް ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ މިއަދު ސަރުކާރުން  ލޯފަން މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިދިނުމުގެ ގޮތުން  ހުށަހެޅި އިސްލާހުގެ ކްރެޑިޓް ރައީސް ޔާމީނަށް ދިނުމަށް އިދިކޮޅުން އެދޭތީ އެއީ އަޖައިބެއް ކަމަށެވެ.

ޒަރީރު ވިދާޅުވީ އިދިކޮޅުން، ދައުލަތުން މީޑިއާ ތަކަށް ނުފޫޒު ފޯރުވާ ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަކީ ދޮގު ވާހަކައެއް ކަމަށެވެ. އެގޮތުން ޒަރީރު ވިދާޅުވީ މީޑިއާ އަކީ ދައުލަތުގެ 4 ވަނަ ބާރު ކަމަށެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް މިއަދު ހުޅުވާލެވިފައި އޮތްކަން އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް މިއަދު އެބަ އެނގޭ. މިއީ ފެންނަން ހުރި ހަގީގަތްތައް. އަޅުގަނޑުމެން ނޫންތޯ ދުށީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން އެކި އެކި ދާއިރާތަކުގެ ފަންނުވެރިންނަށް، އިލްމުވެރިންނަށް، ހައްދުފަހަނައަޅާގޮސް އެމީހުން މުޖުތަމައުން އެކަހިރެކޮށް ޖަލުގެ ކުޑަގޮޅިތަކުގައި ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްލަން ޖެހުނުކަން. މިއީތޯ އެބޭފުޅުން އެވިދާޅުވާ މިނިވަންކަމަކީ ؟

ޒަރީރު ވިދާޅުވީ އިދިކޮޅުން މީޑިއާތަކުގެ ވާހަކަ އަޑަށް ބާރުލާފައި ދައްކަވާއިރު، ރައީސް ޔާމީން އަކީ މީޑިއާތަކަށް ފިއްލަވައިން އުޅުއްވި ބޭފުޅެއް ކަމަށެވެ.

ކިތައް ފަހަރުތޯ އެބޭފުޅާ (ރައީސް ޔާމީން) މީޑިއާ ތަކާއި ބައްދަލުކުރެއްވީ؟ މިއީ މިބޭފުޅުން މިދައްކާ މީޑިއާތަކުގެ ވާހަކަ ހަގީގަތް ހިންގާ ގޮސް ނަޒަރުހިންގާލީމާ ޖެހޭ ހިސާބަކީ މިއީ. އަޅުގަނޑުމެން ނުދެކެން މަދު ފަހަރެއްގައި ނޫނީ. މާވަހަރެއް މީހަކު ހޮވޭ އުސޫލުން، މީޑިއާތަކަށް އެމަނިކުފާނު ބައްދަލުކޮށްލަފާނެ. އެހެންނޫނީ އެބޭފުޅާ އުޅުއްވަނީ ފިލައިގެން. މިއަދު މިވަނީ އެހެންތޯ؟

ޒަރީރު ވިދާޅުވީ ގައުމެއްގެ ހަޔާތުގައި އެންމެ ބޮޑަށް ނޫސްވެރިންނަށް އަނިޔާދީ ނޫސްވެރިންނަށް އަނިޔާކޮށް ނޫސްވެރިންނަށް އިހާނަތްތެރިކޮށް ހިތި ޕާޓީގެ މެމްބަރުން މިއަދު މަޖިލީހުގައި ތިބެ އެވާހަކަ ދެއްކުމުން އެވާހަކަ ގަބޫލުކުރާނެ ބަޔަކު ނޫޅޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: