ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މައިހަރުގެއަށް އެހެން ޕާޓީއަކުން ވެރިވީ ގަވާއިދާ ހިލާފަށް: އިބްރޭ

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ)/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މައި ހަރުގެ އަށް އެހެން ސިޔާސީ ޕާޓީއަކުން ވެރިވެގަނެފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު  އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައިހަރުގެ އިމާރާތުގެ ވެރިފަރާތުން އެ ހަރުގެ ހުސްކުރަން ނޯޓިސް ދިނުމަށްފަހު ހުސްކުރަން ބުނި މުއްދަތުގައި ހުސްކޮށްފައިނުވާތީ އެހަރުގެ ވަނީ މިހާރު ދި ޑިމޮކްރެޓްސް އަށް ކުއްޔަށް ދީފައެވެ.

އެމްޑީޕީ މައިހަރުގެ ކުއްޔަށް ދިނުމަށްފަހު އިމާރާތުގެ ވެރިފަރާތް ކަމަށްވާ ޝަފިއްޔާ ޒުބެއިރު ވިދާޅުވީ އެމްޑީޕީގެ އިސް ފަރާތްތަކަށް މާޗް 31 ގައި ހަރުގެ ހުސްކުރުމަށް އެންގި ނަމަވެސް އެކަމަށް އަޅައިނުލާ ހަރުގެ ހުސްކުރެވެން ނެތްކަމަށްބުނެ ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ހަރުގެ ހުސްކުރެވެން ނެތް ސަބަބަކީ ކުލި ބޮޑުކަމުން ކަމަށް ޝަފީނާޒް ބުނެފައިވާތީ އެކަމާއި ގުޅިގެން ”ސަންގަށް“ މައުލޫމާތު ދެއްވައި އިބްރޭ ވިދާޅުވީ ހަރުގެ ހުސްކުރަން ބުނި މުއްދަތުގައި ހުސްކުރެވެން ނެތް ކަމަށް ބުނެފައިވަނީ ކުލި ބޮޑުކަމުން ކަމަށް ބުނެފައިނުވާނެ ކަމަށެވެ. އަދި އެމްޑީޕީ މައި ހަރުގޭގައި ޕާޓީގެ އިންތިހާބަށް ބޭނުންކުރަމުންދިޔަ ބައެއް ތަކެއްޗާއި ރާއްޖެއިން ބޭރުން ގެނައި ތަކެތި ހުންނާނެ ކަމަށެވެ.

އިބްރޭ ވިދާޅުވީ ހަރުގެ ހުސްކުރުމާއި ބެހޭ ގޮތުން އެ ޕާޓީން ދިޔައީ ޝަފީއްޔާ އާއި ވާހަކަ ދައްކަމުން ކަމަށެވެ.

މީގެ އިތުރުން ޝަފިއްޔާ އެމްޑީޕީ މައިހަރުގޭގައި އިމާރާތް ކުރަން ބޭނުންވާ ވާހަކަ ދައްކާފައިވަނީ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ގެ ދުވަސްވަރުގައި ކަމަށް އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ޝަފިއްޔާ މައި ހަރުގެ އިމާރާތް ކުރަން ބޭނުންވެގެން އެވާހަކަ ދެއްކުމުން އެކަމުގައި ޕާޓީއާއި އޭނާ އަށް ފައިދާ ވާ ގޮތަށް ކުރިއަށް ދިއުމަށް ބުނިކަމަށެވެ.  ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ފަހުގައި އޭނާ އެކަން ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ޝަފިއްޔާ  އެމްޑީޕީ މައި ހަރުގޭގެ ކުލި ނުދައްކާ ކަމަށާއި ފެން ބިލާއި ކަރަންޓް ބިލު ގަވާއިދުން ދައްކާފައިނުވާ ކަމަށް ބުނެފައިވާތީ އިބްރޭ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން މިހާތަނަށް ދައްކަންޖެހޭ ބިލެއް ނުދައްކައި ޖޫރިމަނާ ނުވަތަ ރެޑްނޯޓިސް އައި އެއްވެސް ބިލެއް ނޯންނާނެ ކަމަށާއި ހަރުގޭގެ ކުލި މަހުން މަހަށް ދައްކަމުން ދިޔަ ކަމަށާއި އެގޮތުން އަންނަ މަހުގެ ކުލިވެސް މިމަހު ދީފައިވާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: