ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ މަސްލަހަތުގައި ހަދަންވީ ކިހިނެއްކަން ރައީސް ސާލިހަކަށް ނޭނގުނު: ޑރ މުނައްވަރު

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ޑރ މުނައްވަރު ވާހަކަދައްކަވަނީ،
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްލަހަތުގައި ހަދަންވީ ކިހިނެއްކަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ނޭނގުނުކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

”ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު“ މި ނަމުގައި އިދިކޮޅުގެ ފަރާއްތަކުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ހަވާލުކުރީ ދިވެހި ދައުލަތް މިނިވަން ދައުލަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަހައްދު ގާނޫނުން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ރައްކާތެރިކަމާއިއެކު ދެމެހެއްޓުމަށްކަމަށެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ މި މަންޒަރު ނޫންކަމަށާއި، ރައީސް ސާލިހު ވަނީ ދިވެހި މަސް ކަނޑު ވިއްކާލާފައިކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ދިވެހިރައްޔިތުނާއި ދޭތެރޭ އެއްވެސް ކަހަލަ ރަހުމެއްނެތި، އޯގާވެރިކަމެއް ނެތި، އެއްވެސް ފިކުރެއް ނެތި ވިއްކާލީ.

މުނައްވަރު ވިދާޅުވިއެވެ.

އިދިކޮޅުން ރައީސް ސާލިހުގެ މި ސަރުކާރުގައި އެއްވެސްކަމެއް ރިކުއެސްޓް ނުކުރާނެކަމަށާއި، ކުރާނީ ޑިމާންޑްކަމަށް މުނައްވަރު ވިދާޅުވިއެވެ. މިއީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ ޑިމާންޑެއްކަމަށް ވިދާޅުވެ، މުނައްވަރު ވަނީ ރައީސް ސާލިހު އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޑިމާންޑްކޮށްފައެވެ. ދިވެހިރާއްޖޭގެ ސަރަހައްދު އޭގެ ގޮތުގައި، ގާނޫނުން ކަނޑައަޅާފައި އޮތް އިމުގެ ތެރޭގައި ދަމަހައްޓާދިނުމަށްވެސް މުނައްވަރު ޑިމާންޑްކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ އިހުމާލުންކަމަށް ގަބޫލުކުރެވެން ނެތްކަމަށާއި، ސަބަބުތައްވެސް ވަރަށް ސާފުކަމަށް މުނައްވަރު ވިދާޅުވިއެވެ. ފުރަތަމަ ސަބަބުގެ ގޮތުގައި މުނައްވަރު ފާހަގަކުރެއްވީ ރާއްޖޭގެ ސަރަހައްދުގެ މިން ކަނޑައަޅާފައި ނެތްކަމަށް ސަރުކާރުން ބުނުމެވެ. އެއީ ކަނޑައެޅިގެން ދޮގުކަމަށާއި، ގާނޫނަށް އައި ބަދަލުތަކާއިއެކު ރާއްޖޭގެ ސަރަހައްދުވެސް ވަނީ ކަނޑައަޅާ ނިމިފައިކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ސަރަހައްދާއި، އެހެން ބައެއްގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ ބަޔަކު ވަކާލާތުކުރުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިފައި އޮތްކަމަށް ހެކި ލިބޭކަމަށް މުނައްވަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން ކުރާނެކަމެއް ނެތްކަމަށް ސަރުކާރުން ބުނާތީ، މުނައްވަރު ސުވާލުއުފެއްދެވީ އެއީ ކާކަށް އަމާޒުކޮށް ދައްކާ ވާހަކައެއްތޯއެވެ.

މާނައަކީ އަޅުގަނޑުމެންނަށް ޖެއްސުމަށް ވިދާޅުވަނީތޯއޭ. ދެން ކުރާނެކަމެއް ނެތޭ. އެވެސް ހީފުޅުވާ ކުށް ހީފުޅެއް، އަޅުގަނޑުމެން ދިވެހި ރައްޔިތުން ކުރާނެ ކަންކަން ވަރަށް ގިނަ.

މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ސަރުކާރަށް، ހެއްދެވި ގޯސް ރަނގަޅުކުރެއްވުމުގެ ފުރުސަތު އަދިވެސް ސަރުކާރަށް އެބައޮތްކަމަށެވެ. އޭނާ ގޮވާލީ ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށެވެ. މި މައްސަލަ އިސްތިއުނާފުކުރާނެ ޖާގަވެސް އެބައޮތްކަމަށާއި، ކަނޑުގެ ގާނޫނާއި ބެހޭ ޓްރިބިއުނަލްގެ ޕްރޮސީޖާ އޭނާއަށް އެނގިލައްވާކަމަށް މުނައްވަރ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ނޭގޭކަމަށް ވިދާޅުވިއެވެ. ކަމުގެ ގާބިލިއްޔަތުކަން ނެތް ބޭރުގެ ބަޔަކު ސަރުކާރުން ހޯދީ، ކަންކަން ނޭގޭތީކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވަނީ ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. ދިވެހިރާއްޖޭގެ މަސްލަހަތުގައި ހަދަންވީ ކިހިނެއްކަން ސަރުކާރަށް ނޭގުނުކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: