ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްވި ކައުންސިލަރުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް

ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުން--
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރާ، ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި، ނަސޭހަތް ދިނުމަށް ނިންމައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ ކައުންސިލުގެ މޮނީޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަން ތަހުގީގުކޮށް، ހަތް މުވައްޒަފަކަށް ދައުވާ ކުރުމަށް ފޮނުވި މައްސަލައިގައި ދައުވާ ކުރުމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތް ދިނުމުގެ އެއްބަސްވުމެއް ހަދާފައިވާކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކުރި އެވެ. އެ ނިންމުން ނިންމު ސަބަބެއްކަމަށް ޕީޖީ އޮފީހުން ބުނީ ތުހުމަތު ކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރާއި އެ މީހުން އަދާކުރަމުން ދާ ޒިންމާތަކާއި ދައުލަތަށް ހިދުމަތްކޮށްދިން މުއްދަތު އަދި ބަދަލު ލިބިފައިވާތީ އެވެ.

ޕީޖީ އޮފީހުން ބުނީ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށްފައިވާކަމަށާއި، އެއްބަސްވުމުގެ ޝަރުތަކާއި ހިލާފުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ދައުވާ ކުރާނެކަމަށް ލިޔެކިއުންތަކުގައި ވާނެ އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިންގ ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށް ފަހު، ދައުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

އެ މައްސަލައިގައި ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ކައުންސިލް މެމްބަރުން ސަސްޕެންޑުކޮށްފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާނުކުރުމާއި، މަސައްކަތަށް އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާތީ އެވެ.

މީގެއިތުރުން ކައުންސިލްގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އެބައޮތްކަމަށް އެލްޖީއޭއިން މައްސަލައިގައި އާއްމު ކުރި ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި މެމްބަރުންގެ މައްޗަށް ކުރާ ތުހުމަތުތަކާއި، އެ ތުހުމަތުތައް ބިނާވެގެން އައި ގޮތުގެ ތަފްސީލުތައް ވަނީ ހިމަނާފަ އެވެ.

މައްސަލައިގެ ރިޕޯޓުން އެނގުނު ގޮތުގައި ކޮވިޑުގެ ދުވަސްވަރު ދުވާފަރު ކައުންސިލް މެމްބަރުން ވަނީ އަމިއްލަ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފަ އެވެ. އަދި ތިޖޫރީން ނަގުދު ފައިސާ ނެގުމާއި އެކު، އަމިއްލަ ބޭނުންތަކަށް ފައިސާތައް ނެގިކަމުގެ ތުހުމަތު ކުރެވެ އެވެ.

މީގެއިތުރުން މުސާރަ ނެގުމުގައި ވެސް އޮޅުވާލުންތަކެއް ހިމެނޭކަމުގެ ތުހުމަތުތައް ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: