ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއާއި، ޑިމޮކްރެޓްސްގެ ފުރަތަމަ ޖަލްސާ ޖުލައި 3 ގައި

ޑިމޮކްރެޓްސް އާއި ޕީޕީއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާ އަންނަ މަހުގެ ތިނެއްގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، އިދިކޮޅާއި ޑިމޮކްރެޓްސް ގުޅިގެން އެކި ސިފައިގައި މަސައްކަތްތައް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް މަޖިލީހުގެ ތެރޭގައި ކުރެވުނު ބައެއް މަސައްކަތްތައް އޭގެ ތެރޭގައި ހިމެނެ އެވެ.

މި ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭކަމަށް އެއްބަސްވެވޭތީ، ފެށި މަޝްވަރާތަކުގެ ދަށުން މިއަދު ކުރިޔަށް ގެންދިޔައީ ރަސްމީ ދެވަނަ ބައްދަލުވުމެވެ. އެއަށްފަހު މީޑިއާތަކާއި ބައްދަލު ކުރައްވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އަޒިމާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ބޭނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމަށެވެ.

އެގޮތުން މިއަދު ކުރި މަޝްވަރާތަކަށް ފަހު މި ފެށޭ ޖުލައި މަހުގެ 03 ގައި ގުޅިގެން ބާއްވާ ފުރަތަމަ ޖަލްސާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ހާމަކުރި އެވެ. އެ ތަފްސީލުތައް ދެއްވައި ޝިޔާމް ވިދާޅުވީ މި ހަރަކާތުގައި ދެ ޕާޓީގެ ވެސް އިސް ބޭފުޅުން ބައިވެރިވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ހަރަކާތްތަކުގެ ސަބަބުން ސަރުކާރަށް އޭގެ ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށެވެ. އަދި ދެ ވަރުގަދަ ސިޔާސީ ލީޑަރުންގެ ބައިވެރިވުމާއި އެކު މިފަދަ ބޮޑު ހަރަކާތެއް ފެށުމަކީ ސަރުކާރަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ކަށަވަރު ކުރެވޭނެ އެއް ސަބަބުގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

މަސައްކަތް ކުރަމުން މިގެންދަނީ، ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް.. އެގޮތުން އަޅުގަނޑުމެން އެއްބަސްވި އެއްކަމަކީ ޖުލައި ތިނެއްގައި އެންމެން އެއްކޮށް މަސައްކަތް ކުރާކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން އެކުގައި ޖަލްސާއެއް ބޭއްވުން

ޝިޔާމް ވިދާޅުވީ ސަރުކާރާއި ދެކޮޅު ހަރަކާތްތައް ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ ތަޅުމުން ބޭރުން ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި، ސިޔާސީ ޕާޓީތައް އެކުގައި ގުޅިގެން ކުރިޔަށް ދިއުމަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެން ނަމަވެސް ދެ ޕާޓީން ވެސް އެއް ކެނޑިޑޭޓެއް ނެރުމަށް ކުރާ މަސައްކަތްތައް ނޫންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ަގވަރަށް ހެއްވާ ކަމެއް.ސޯލިހު ބަލިކުރާށޭ ކިޔާފަ.ވަކިން ކެޑިޑޭޓުން ނެރެޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: