ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްވިޑަންއިން ގުރުއާން އަންދަން ތަކުރާރުކޮށް ހުއްދަ ދޭތީ އެކަން ގާސިމް ކުށްވެރިކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްވިޑަންއިން ގުރުއާން އަންދަން ތަކުރާރުކޮށް ހުއްދަ ދޭތީ، އެކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފި އެވެ.

ގުރުއާން އެންދުމުން އިރާގުގެ އެތައް ސަތޭކަ ބަޔަކު ނިކުމެ ވަނީ އިރާގުގައި ހުންނަ ސްވިޑަންގެ އެމްބަސީގައި ހުޅުޖަހާފަ އެވެ. އެ އަމަލު ކުށްވެރި ކުރައްވައި ގާސިމް ވިދާޅުވީ އެކަން ހިނގައިދިޔައީ ގަސްތުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ދިނުމުން މުސްލިމުންގެ ރުޅި ކޮންޓްރޯލް ނުވެގެން ކަމަށެވެ. އަދި ތަކުރާރުކޮށް ހައްދު ފަހަނައަޅާފައިވާ މީހުންނަށް ގުރުއާން އެންދުމަށް ހުއްދަ ދޭތީ އެކަން ގާސިމް ކުށްވެރި ކުރެއްވި އެވެ.

ސްވިޑަންގައި ގުރުއާން އެންދީ އިރާގުގެ މުރުތައްދުވެފައިވާ މީހެކެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީ ގުރުއާން އަންދާފައި ވަނީ ނޭޓޯއާ ގުޅެން ތުރުކީން ދެކޮޅު ހަދާތީކަމަށް ބުނެ އެވެ. އެކަން ކުރީ ފުލުހުންގެ ކުރިމަތީގައި ކަމަށް ވާތީ ސްވިޑެން ސަރުކާރަށް އިސްލާމީ ގައުމުތަކުން އަންނަނީ އެ އަމަލު ކުށްވެރިކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: