ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމްގެ ދިފާއުގައި ފުލުހުން ވެސް ސިޓީއެއް ފޮނުވި؛ ”ސިޔާމަކީ ޖިނާއީ ކުށެއް ކުރި ބޭފުޅެއް ނޫން“

ރިޔާސީ ކެމްޕެއިނަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިލްޓަން މައްސަލައިގައި ސިންގަޕޫރުން ޕާސްޕޯޓު ހިފަހައްޓާފައިވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަދި 2023 އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަދާފައިވާ ކޯލިޝަން ޕާޓްނަރު އަހުމަދު ސިޔާމްގެ ދިފާއުގައި އެ ގައުމުގެ އިދާރާތަކަށް ދިވެހި ސަރުކާރުގެ ޚާރިޖިއްޔާއިން ފޮނުވި ލިއުން އާއްމުވެފައި ވަނިކޮށް ފުލުހުން ފޮނުވި ސިޓީ ވެސް ލީކުވެއްޖެ އެވެ.

ސިޔާމްގެ ކުންފުނިން ތަރައްގީ ކުރި ނ. އިރުފުށި ހިންގުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަން ކުންފުންޏާއި އެކު އެއްބަސްވުމެއް ހެދުމަށް ފަހު ސަންއިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ބަދަލު ނަގައިދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފަ އެވެ.

ސިޔާމްގެ ސަން ޓްރެވެލްސްގެ މައްޗަށް އާބިޓްރޭޝަނުން ހުކުމްކޮށްފައި ވަނީ، ނ. އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާއި އެކު ހެދި އެއްބަސްވުން ބާތިލު ކުރި މައްސަލައިގަ އެވެ. ހުކުމުގައި ވަނީ އެ ކުންފުންޏަށް 24 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 368 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެކަމަކު އެ މައްސަލައިގައި ހުކުމާއި އެއްގޮތަށް ސަން ކުންފުނިން ފައިސާ ދައްކާފައި ނުވާތީ، އެ ނިންމުން ތަންފީޒުކޮށްދޭން އެދި ހިލްޓަންގެ ފަރާތުން މައްސަލަ ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅީ އެވެ.

މި މައްސަލައިގެ އަޑުއެހުމަކަށް ސިންގަޕޫރަށް ވަޑައިގަތުމުން ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އިއްޔެ އެ ހަބަރުތައް މީޑިއާތަކައި އާއްމުވީއިރު، ޕާސްޕޯޓު ހިފެހެއްޓުމާއި އެކު އޭގެ ޖެހިގެން އައި ދުވަހު ސަރުކާރުން ވަނީ ސިންގަޕޫރުގެ ހައިކޯޓަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ.

ސިޔާމްގެ މައްސަލައިގައި ފުލުހުން ފޮނުވިކަމަށް ބުނާ ސިޓީއެއް އާއްމުވިއިރު، އޭނާގެ ދިފާއުގައި ދިވެހި ޚާރިޖިއްޔާއިން ފޮނުވި ލިއުމެއް ވެސް ވަނީ ލީކުވެފަ އެވެ.

އެ ސިޓީގައި ވަނީ، ސިޔާމަކީ ރައްޖޭގައި އެއްވެސް ކުށުގެ ރެކޯޑެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައި ނުވާނެކަމަށް ވެސް ބުނެފައި ވެއެވެ. އަދި ފުލުހުން އޭނާގެ މައްޗަށް އެފަދަ ތަހުގީގެއް ހިންގަމުން ނުދާކަމަށް ބުންޏެވެ.

ޚާރިޖިއްޔާގެ ލިއުމާއި އެއްގޮތަށް ފުލުހުން ވެސް ވަނީ، ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ ދުވަސްވީ މެމްބަރެއްކަމަށާއި އޭނާއަކީ ރާއްޖޭގެ ފަރާތުން ރޯމޭނިއާ އާއި ކޮރެއާއަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލްކަމަށް ފާހަގަކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ ސިޓީގައި ވަނީ  ލިއުމުގައި ވަނީ، ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގައި ދުވަސްވީ ސީނިއާ ފަސް މެމްބަރުންގެ ތެރެއިން އެއް މެމްބަރުކަމަށާއި މަޖިލީހުގެ ރައީސް ނެތް ހާލަތުގައި އޭނާ ރިޔާސަތު ވެސް ބަލަހައްޓާ ކަމަށެވެ.

ރާއްޖޭގައި ހިންގަމުން ދާ ހަތަރުވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށެވެ. ސިޔާމްގެ ދިފާއުގައި އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އޭނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ސިޔާމަކީ ވަރަށް ރަނގަޅު ޝަހުސިއްޔަތެއްކަމަށް ސިޓީގައި ވެއެވެ.

މީގެއިތުރުން ސިޔާމަކީ ނެޝަނަލް އެވޯޑު ލިބިފައިވާ، ޒުވާން ވިޔަފާރިވެރިއެއްކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ގައުމަށް ކުރެއްވި އަގުހުރި ހިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަން މެޑަލް ވެސް ލިބިފައިވާނެކަމަށް ފޮރިން މިނިސްޓްރީގެ ސިޓީގައި ވެއެވެ. އަދި ސިޔާމަކީ ދެކުނު ކޮރެއާއާއި ރޯމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލްކަމަށާއި އެއީ ރަނގަޅު ބޭފުޅެއްކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: