އާބަންކޯއިން ހުޅުމާލެ ފޭސް 2 ގައި ހިޔާ ސަރަހައްދުގެ އާބާދީއަށް ހިޔާ ޕާކުގެ ނަމުގައި ޕާކެއް ހުޅުވައިފިއެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން އާބަންކޯއިން ވަނީ ރަސްމީކޮށް ހިޔާ ޕާކު ހުޅުވައިދެއްވާފައެވެ. އެ ރަސްމިއްޔާތު ކުރިޔަށް ގެންދިޔައިރު ގިނަ އަދަދެއްގެ އާންމުން ވަނީ އެތަނަށް ޖަމާވެފައެވެ. އާބަންކޯއިންވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ހަރާކާތްތަށް އެތަނުގައި ރާވާފައެވެ.
ހިޔާ ޕާކު ހަދައިފައިވަނީ އެޗް 5 އިން އެޗް 15 އާ ދެމެދުއޮތް ހުސްބިމުގައެވެ.

އާބަންކޯ ގެ ޑީއެމްޑީ ގައިސް ވިދާޅުވީ ހިޔާ ޕާކަކީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުވެފައި އެންމެންވެސް ހިތްހަމަޖެހޭފަދަ ޕާކެއް ގޮތުގައެވެ. އޭނާ ވަނީ ހިޔާ ޕާކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި އެ ޕާކަކީ ”ޕްލާސްޓިކް ފްރީ“ ތަނަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

