ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ރޭވި ހަރަކާތް ފަސްކޮށްފި

ފޮޓޯ: އާރބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިރުބަވެރި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަށް އެހީވުމަށް މިއަދު އާބަންކޯއިން ބޭއްވުމަށް ރޭވި ހަރަކާތް ފަސްކޮށްފިއެވެ.

އާބަންކޯއިން މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އެ ކުންފުނިން ފަންޑްރައިސިންގް އިވެންޓެއް ބޭއްވުމަށް އޮތީ ހަމަޖައްސާފައެވެ. އަދި އެކަން އިއުލާނުކޮށް އެ އިވެންޓް ކުރިއަށް ގެންދިއުމަށް ރޭވީ ހަވީރު 16:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އެ އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޮތީ ރާވާފައެވެ. އެގޮތުން އެ ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދެވިގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ނަވަމަވެސް އާބަންކޯއިން މިއަދު ބުނީ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަަޖެހިފައިވާ ”ވީ ސްޓޭންޑް ވިތު ފަލަސްތީން“ އިވެންޓް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވާ ކަމަށެވެ. އަދި އެ އިވެންޓް ބާއްވާނެ ދުވަހެއް އެ ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެކި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން އިސްވެގެން ވެސް ފަލަސްތީނަށް އެހީވުމަށް ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: