ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިންގެ މާ ބޮޑު ސިޔާސީ ހަރަކާތްތަކެއް ނުފެނޭ: ރައީސް

ރައީސް ސާލިހު ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ގުޅުވައި މާ ބޮޑު ވާދަވެރިކަމެއް ފެނިގެން ނުދާކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިން ދަތުރުގެ ތެރެއިން ބާރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ރައީސްވަނީ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތާއިމެދު ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މަސްރަހު އޮތް ގޮތުން، ބައެއް ރަށްތަކުގައި ރިޔާސީ އިންތިހާބަށް އެހާ ބޮޑު އަހައްމިއްޔަތެއް ނުދޭކަމަށެވެ. ރައީސް ވިދާޅުވީ، އެކަން ދިމާވެގެން އަންނަ އެއް ސަބަބަކީ ވާދަވެރިއެއް ނެތުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވާދަވެރިންގެ ފަރާތުން މާ ބޮޑު ސިޔާސީ ހަރަކާތްތަކެއް ފެނިގެން ނުދާކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، އެހެންނަމަވެސް ފަރުވާތެރިކަމާއިމެދު މަސައްކަތްތައް ކުރެވެންޖެހޭކަމަށެވެ. އަދި މިހާރު ނިންމަން ޖެހިފައިވާ ނިންމުންތަކަކީ މުޅި ރާއްޖޭގެ މުސްތަގުބަލާއި ގުޅުންހުރި ނިންމުތަކެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފަރުވާތެރިކަމާއިއެކު ނުކުމެ ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ނުލައިފި ހާލަތެއްގައި އަނިޔާވެރިކަމެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން ކުރަން އޮތް މަސައްކަތްތަކާއިމެދު ފުންކޮށް ވިސްނެވުމަށް އެމަނިކުފާނު އިލްތިމާޒްކުރެއްވިއެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާއިމެދުވެސް ރައީސް ސާލިހު ވާހަކަދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބާރަށުގައިވެސް ގިނަ މަސައްކަތްތަކެއް ހުރިކަމަށެވެ. އެގޮތުން ފެނުގެ ހިދުމަތްތައް ދިނުމަށް އަމަލީ މަސައްކަތްތައް ކުރެވެމުންދާކަމަށާއި އެމަނިކުފާނުގެ ދައުރު ނިމިގެންދާއިރު، ބާރަށަށް ސާފު ބޯފެން ލިބުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ، ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގަވެސް ހޯދައިދެވިފައިވާކަމަށެވެ. އަދި ފުޓްސަލް ދަނޑެއްވެސް ބިނާކުރެވިފައިވާކަމަށާއި އެ ރަށުގެ އައުޓްޑޯރ ޖިމެއްވެސް ބިނާކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސެލްފް ސާވިސް އޭޓިއެމްއެއްގެ ހިދުމަތްވެސް ލިބެމުންދާކަމަށެވެ. ރައީސް ވިދާޅުވީ، ދާދި ފަހުންވެސް ރަށުގެ ނެރުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާތައްވެސް ޕްރައިމަރީގެ ތެރެއިން ލިބިވަޑައިގެންނެވިކަމަށެވެ. ރައީސް ވިދާޅުވީ، މިއަދު އެ މަސައްކަތްތައްވެސް ބާރަށް ކުރިއަށް ދާކަމަށެވެ.

ރައީސް ވިދާޅުވީ، ބާރަށަށް ކޮށްދެއްވަންވެސް މަސައްކަތްތައް ހުރިކަމަށެވެ. އެގޮތުން ސުކޫލުގެ މަލްޓިޕާޕަސް ހޯލެއް ބިނާކުރުމާއި ސުކޫލުގެ އޮފީސްވެ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަންޖެހިފައިވާކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދައުރުގެ ކުރީ ކޮޅުގައި އެ މަސައްކަތްތައް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް ނިމުމުން ދެން ކުރަން އޮންނަނީ މަގުތަކުގެ މަސައްކަތްތައް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތާނގައި އެ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: