ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްޙީ ޙާލަތު ޢާންމު ކުރަންޖެހޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްޙީ ޙާލަތު ޢާންމު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްއިން ރޭ ތ.ކިނބިދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕޭނު ޖަލްސާގައި ވަހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑު ކުރީ ދުވަހަކު ދެންނެވިން، ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކުގެ ސިއްޚީ ޙާލަތު އެއީ ދިވެހި ރައްޔިތުންނަށް އެނގިފައި އޮންނަން ޖެހޭނޭ ކަމެކޭ، އަޅުގަނޑު މިވާހަކަ ދެންނެވީމާ ހިތްބަރުވެސް ކުރޭ އަޅުގަނޑުގެ ގާތްމީހުން، އަޅުގަނޑަށް އިނގޭ އެހެން މާނަ ނެގޭނެކަން، އެހެންނަމަވެސް އެމެރިކާގަ، ޑިމޮކްރެސީއެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ހެލްތް ސެޓްފިކެޓް ޑޮކްޓަރު ސެޓްފިކެޓް އެއީ ޢާންމު މައުލޫމާތައް ވާންޖެހޭ، ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބައްޔެއް ހުންނަނަމަ އެއީ އާންމުކޮށް އެނގެންޖެހޭ ކަމަކަށްވޭ“ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅުތަކާއި ގުޅިގެން ރޭގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އޭނާގެ ހެލްތް ސެޓްފިކެޓް އާންމު ކުރައްވާނެ ކަމަށެވެ. އަދި އެއްވެސް ބައްޔެއް މިވަގުތު ނެތް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްޙީ ޙާލަތު ހުރީ ރަނގަޅަށް ކަމަށާއި ރިޔާސީ ރޭހަށް ނިކުމެ ހުންނެވީ ވަރަށް ޖޯޝާއެކު ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން ހަފްތާއަކު ހަތް ދުވަހު ދުވާލަކު 24 ގަޑިއިރު ނުނިދާ އިންނަވައިގެން ވެސް އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ މިފަދަ ވާހަކަފުޅުތަކެއް ދައްކަވައިފައެވެ. އަދި މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ޞިއްޙީ ހާލުކޮޅުގެ ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: