ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ލިވިންގް އެކްސްޕޯ ހުޅުމާލޭގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ލިވިންގް އެކްސްޕޯ ހުޅުމާލޭގައި ބާއްވައިފިއެވެ.

ސިލްސިލާ ގޮތެއްގައި ހައިރައިޒިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ލިވިންގ އެކްސްޕޯ އަކީ ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ  ގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއާ ކަން ފާހަގަކޮށްލެވެއެވެ. ކުރީގެ ލިވިންގ އެކްސްޕޯ އެކޭ އެއްގޮތަށް ވިއްކާ ފްލެޓްތަކާއި އަދި އިންވެސްޓަރުންނާއިއެކު  ގުޅުންބަދަހިކުރުމުގެ ފުރަސު އެކްސްޕޯ އިން ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުން، އިންޓީރިއާ ޑިޒައިނިން، އަދި ފަރްނީޗާ ވިޔަފާރިތައް ހިމެނެއެވެ. ކޮންމެ އަހަރަކު ބާއްވާ މި ލިވިންގ އެކްސްޕޯގެ މިއީ 11 ވަނަ އެޑިޝަން އެވެ. މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސައިފައި ވަނީ އާބަންކޯއެވެ.

މި އެކްސްޕޯގައި ޖުމްލަ 37 ބައިވެރިން ބައިވެރިވާއިރު، އެކްސްޕޯގެ މައިގަނޑު މަގްސަދަކީ އެއްތަނަކަށް އެންމެން އެއްވެ، އާއްމު ރައްޔިތުންނާއި، ވިޔަފާރިތަކުން، ގޯތިގެދޮރާއި ގުޅޭ މައުލޫމާތާއި، އެހެނިހެން ހިދުމަތްތަކާއި، ހާއްސަ ލަކީ ޑްރޯ، އާ ޕްރޮޖެކްޓްތަކުގެ މައުލުމާތު ދިނުމެވެ.

މި އެކްސްޕޯގެ މެއިން ސޮޕޮންސަރ ކަމުގައިވާ އާބަންކޯގެ ޑީއެމްޑީ މެނޭޖިންގ ޑަިރެކްޓަރ އަހުމަދު ގައިސް ވިދާޅުވީ އާބަންކޯގެ އެއްއަމާޒެއްކަމުގައިވާނީ ހުޅުމާލެއަކީ ހިތްފަސޭހަ ކަމާއެކު ރައްޔިތުންނަށް ދިރިއުޅެވ،ޭ ފެންވަރު ރަނގަޅުތަނެއް ގޮތުގައި ހެދުންކަމުގައެވެ. އޭނާ ވިދާޅުވީ ޔޫއެންޑީޕީ އާއި އެކު އަލަށް ރާއްޖޭގައި ލިވިބިލިޓީ އިންޑެކްސް އެއް ހުޅުމާލެއަށް ހަދާފައިވާނެ ކަމަށެވެ. އަދި ލިވިބިލިޓީ އިންޑެކްސްގެ ބޭނުމަކީ އެތަނެއްގައި ދިރިއުޅޭމީހުންގެ ފެންވަރު ބެލުން ކަމުގައެވެ. މި މިންގަނޑަކީ ރާއްޖޭން ބޭރުގައިވެސް އެއް ސިޓީއާއި އަނެއް ސިޓީ އަޅާ ކިޔުމަށް ބޭނުން ކުރެވޭ މިންގަނޑެއް ގޮތުގައެވެ. އެގޮތުން ހުޅުމާލޭގެ ލިވިބިލިޓީ އިންޑެކްސް މިހާރު ހުރި މިންގަނޑަކީ 0.69 ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އާބަންކޯގެ އަމާޒަކީ އެ މިންގަނޑު 1 ކާއި ހިސާބަށް ގެނައުން ކަމުގައި ގައިސް ވިދާޅުވިއެވެ.

މި އެކްސްޕޯގައި ފާހަގަކޮސްލެވޭ އެހެން ސްޓޯލެއްކަމުގައިވާ ޖިންޖަރ ވިލާ އަކީ ތުލުސްތޫގައި ޓޫރިޒަމްއަށް ހުޅުވައިދޭ ދޮރެއްގެ ގޮތުގައި ފަށާ މަޝްރޫއު އެކެވެ. ނެކްސްޓް ގްރޫޕުގެ އެމްޑީ ހަސަން ހިޝާމް ވިދާޅުވީ ޓޫރިޒަމަގެ ނަފާ އެއްމެންނަށް އޮންނަންޖެހޭ ކަމަށެވެ. އަދި އެ ފުރުސަތުތަށް އެންމެންނަށް ލިބެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މި މަޝްރޫއު ހިންގަން ނެކްސްޓް ގްރޫޕުން ވަނީ ކައުންސިލުން 36،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ހޯދާފަ އެވެ. އަދި ތިން ފަންގިފިލައަށް  ތުލުސްދޫގެ ބީޗުގައި ހަދާ މި ވިލާތައް އެ ކުންފުނިން މެނޭޖުކޮށް ބަލަހައްޓައި ދޭނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: