ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ދެއްކުމަށް ދަރަނި ނެގީ ރިޝްވަތުގެ ކަންކަން ހިމެނޭތީ: ނަޝީދު

ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ނުކޮށް، ދަރަނި ދެއްކުމަށް އާ ދަރަނި ނެގީ ރިޝްވަތާއި ގުޅުން ހުރި ބައެއް ކަންކަން ހިމެނޭތީކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރައްވަމުންދަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ދަރަނީގެ ކަންކަން ހައްލުކޮށްދެއްވުމަށްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގައުމެއް ޑީފޯލްޓުވުމުން ނުވަތަ ބަންގުރޫޓުވުމުން ގެއްލިގެންދަނީ ހަމައެކަނި ހިންގަމުންދާ މަޝްރޫޢުތައް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެތައް ބައެއްގެ އެތައް ޒަމާނެއްގެ ބުރަ މަސައްކަތްތައްވެސް ގެއްލިގެންދާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެތައް ދުވަހަކުން އުފައްދާފައިވާ ކުންފުނިތަކާއި ކުރަމުންދާ މަސައްކަތްތަކަށްވެސް އެކަމުގެ ސަބަބުން އަސަރުތައް ކުރާނެކަމަށެވެ. ރައީސް ނަޝިދު ވިދާޅުވީ، ދަރައި ބަންގުރޫޓުވެގެންދިއުމުން އެ ގައުމެއްގެ ރައްޔިތުންނަށް ކުރިމަތިލާންޖެހެނީ އިންތިހާއަށް ނިކަމެތި ހާލަތަކާއިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުނަށްވެސް ޑިމޮކްރެޓްސްއާއި ގުޅުމަށް ދައުވާތު އަރުވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަގީގަތުގައި އެމްޑީޕީގެ މެމްބަރުންގެ ހަރުގެއަކީ ޑިމޮކްރެޓްސްގެ ހަރުގެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުންގެ ފަލްސާފާއާއި އެއްގޮތް ޕާޓީއަކީ ޑިމޮކްރެޓްސްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެޓްސްއާއި ދުރުގައި ތިބެގެން އެމްޑީޕީގެ މެމްބަރުނަށް ލިބޭނެ ފައިދާއެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: