ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވާ ”އާސްކް މުއިއްޒު“ މިރޭ އޮންނާނެ އެވެ.
މިރޭގެ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި އާންމުން ބޭނުންވާ ކޮންމެ ސުވާލެއް މުއިއްޒާއި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރައްވާނީ SE (space) askmuizzu ޖެއްސެވުމަށް ފަހު އެބޭފުޅެއްގެ ނަމާއި، އުމުރު އަދި ރަށުގެ ނަން ޖެއްސެވުމަށް ފަހު 3366 އަށެވެ.
ރިޔާސީ އިންތިހާބަށް ދެ ދުވަހަށް ވެފައިވާއިރު މިރޭގެ ޕްރޮގްރާމް ވެގެން ދާނީ، ވޯޓުގެ ކުރިޔަށް އާންމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބިގެން ދާނެ ޕްރޮގްރާމަކަށެވެ. އެގޮތުން މުއިއްޒުގެ މެނިފެސްޓޯ އާއި، ސިޔާސަތުތައް އަދި ގެންގުޅުއްވާ ވިސްނުމާއި މެދު އެއްވެސް ހިޔާލެއް އޮތް ނަމަ އާންމުންނަށް އެ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

