ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ރީރެޖިސްޓްރީކޮށް ވޯޓު އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތު!

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާތައް އޮޅުވާލުމުގެ ގޮތުން ސަަރުކާރުން ރައްޔިތުންނަށް ވަގަށް ވޯޓުލާން ޖެހޭ ފޮށިތައް ބަދަލުކޮށް އެ ރައްޔިތުންގެ ނަމުގައި ރީ ރެޖިސްޓްރީ ކުރަމުންދާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 09 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުގައި އެއްލަކައަށް ވުރެ ގިނަ ވޯޓާއި އެކު އިންތިހާބުގެ 46 އިންސައްތަ ވޯޓު މުއިއްޒު ކާމިޔާބު ކުރެއްވި އެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38 އިންސައްތަ އެވެ.

އެ ނަތީޖާ ގަބޫލު ކުރުމަށް ސަރުކާރަށް އުނދަގޫވެ، ބުނެފައި ވަނީ ހެދުނު ގޯސްތައް ގަބޫލު ކުރާކަމަށާއި އަދި އެކަންކަން ދެނެގަނެ އިސްލާހުކޮށް ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.

މިވަގުތު އަތޮޅުތެރޭގެ ކެމްޕެއިނުގައި ހުންނެވި މުއިއްޒު ހދ. ކުމުންދޫ ޖަލްސާގައި ތުހުމަތު ކުރެއްވި ގިތުގައި ސަރުކާރުން ދަނީ އިންތިހާބު އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއިން ރައްޔިތުންގެ ބަސް ސާފުކަމަށާއި، އެކަން އޮޅުވާލުމަށް ސަރުކާެރުން ކުރާ މަސައްކަތަށް ޖާގަ ދެވިގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އިންތިހާބު ވަގަށް ނަގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި އަބްދުައްރަހީމް ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ކުއްލި ގޮތަކަށް 25،000 މީހުން ރެޖިސްޓްރީ ކުރުން ގަބޫލު ކުރަން ދަތި ކަމަށެވެ.

ސަރުކާރުން އިންތިހާބު އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް، ރައްޔިތުން އެއަށް ވުރެ ހުށިޔާރުވެ ތިބެ އިތުރު އެހެން އެއްވެސް ފޮއްޓަކަށް ވޯޓުލާ ގޮތަށް ބަދަލުކޮށްފައި ވޭތޯ ބެލުމަށް މުއިއްޒު އެދިވަޑައިގަތެވެ.

ރިޔާސީ އިންތިހާބު އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް، އެކަމުގައި ބައިވެރިވާކަމަށް ސަރުކާރުގެ އެކި ކުންފުނިތަކުގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ. އަދި އައިޑީކާޑުތައް ބޮޑު އަގުގައި ގަންނަމުންދާކަމަށް ވެސް ތުހުމަތުތައްކުރެވެ އެވެ. އެކަމަކު އެ ތުހުމަތުތައް ސަރުކާރުގެ މެމްބަރުންނާއި، ތުހުމަތު ކުރެވޭ ބޭފުޅުންތައ ދޮގު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: