ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަށް ތާއިދު ކުރަން ނިންމީ މާމުއި ފުޅިފުޅިއަށް އަޅައިގެން ނައްޓާލާކަށް ނޫން،: މާޒު ސަލީމް

އަހުމަދު ސަލީމް/ މާޒު ސަލީމް ފޮޓޯ/އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމީ މާމުއި ފުޅިފުޅި އަށް އަޅައިގެން ނައްޓާލާކަށް ނޫން ކަމަށާއި، ދާއިމަށް އެމްޑީޕީއާއިއެކު ހުންނާނެ ކަމަށް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަގޮތުން ރައިސް ކަމަށް ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް/ މާޒު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނީ ”އިބޫއަސްލަމް 2023“ ނަމުގައި ރައީސް ސޯލިހާއި އެކު ބޭއްވި ކަންމަތީ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ. އެގޮތުން ސަލީމް ވިދާޅުވީ ވެރިކަން ލިބިގެން، ފަޅާ ކޭކުންވެސް ބަޔެއް ހޯދާކަށް އެބޭފުޅާ ބޭނުން ނޫން ކަމަށެވެ. އަދި ސަރުކާރުން ދޭ ވަޒީފާއެއްވެސް ހޯދާކަށް ބޭނުން ނޫންކަމަށެވެ.

”އަޅުަގނޑަށް އެގޭ އިބްރާހިމް މުހައްމަދު ސޯލިހުބޭނުންވާނެ ކަން އަޅުގަނޑުމެންކަހަލަމީހުން. އެބޭނުންވި ވަގުތު އަޅުގަނޑުމެންކަހަލަމީހުން އައިސް އެކަން ކޮށްދޭން މިހިރީ.“ ސަލީމް

ސަލީމް ވިދާޅުވީ އެބޭފުޅާ ރައިސް ސޯލިހާއި ގުޅުނީ ފޮޓޯގަޑެއް ނަގާކަށްނޫން ކަމަށާއި، ދާއިމަށް އެމްޑީޕީގައި މަސައްކަތް ކުރެއްވުމަށްކަމަށެވެ. އަދ މެޗް ކުލެމުންދަނިކޮށް ބައިކޮޅަށް ގޯލައެއް ޖެހުމުން ފިލުމަކީވެސް އެބޭފުޅާ ކުރައްވާނެ ކަމަށެއްނޫން ކަމަށެވެ. މާޒު މިހެން ވިދާޅުވެފައިވާއިރު، ފުރަތަމަބުރުގައި ރައިސް ސޯލިހަށް ތާއިތު ކުރައްވާ ރާއްޖޭގައި ހަތަރުވަނަޔަށް އެންމެ ބޮޑު ޕާޓީންވެސް ވަނީ އެޕާޓިގައި މަސައްކަތް ކުރެއްވުމަށްފަހު ޕާޓި ދޫކުރައްވާ ވަޑައިގެން އިދިކޮޅާއި ގުޅވަޑައިގެންފައެވެ.

އެކަމާއ ގުޅިގެން ބައިކޮޅަށް ގޯލައެއް ވަނުމުން ދުރުވީ ކަމަށްވެސް އެމްޑިޕީއަށް ނިސްބަތްވާ ފަރާތްތައް ދަނީ ބުނަމުންނެވެ. އެގޮތުން މާޒުގެ ވާހަކަވެސް އަމާޒު ކުރެއްވީ އެގޮތަށް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މާޒުވަނީ އިދިކޮޅަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ގުޅޭގޮތުން މާޒު ވިދާޅުވީ ދިވެހި ސިފައިން ނުކުމު ވީޑިޔޯ މެސެޖް އެބަ ދެއްވާ ކަމަށާއި، އެމެސެޖްތަކުގައި ރާއްޖެ އޮތީ އަމާންކޮށް ކަމަށް އެނގޭކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ބޭރުސިފައިން ނެތް ކަމަށްވެސް ސިފައިން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

ސިފައިން އެހެން ބުނުމުން އެކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ސިފައިންނަކީ ރާއްޖޭގައި އަމަން ބަލަހައްޓަންތިބޭ ބަޔަކަށްވާތީ ކަމަށެވެ. ރިޔާސީ އިންރިހާބުގެ ފުރަތަމަބުރުގައި އުމަރުގެ ރަނިންމޭޓެއްގެ ގޮތުގައި މާޒު މަސައްކަތް ކުރެއްވިއިރު، އޭރު އެފަރާތުން ވިދާޅުވަމުންގެންދަވީ ރާއްޖޭގައި އިންޑިޔާ ސިފައިންތިބިކަމަށާއި، އަދި ވެރިކަން ލިބިއްޖެނަމަ އިންޑިޔާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށެވެ.

އުމަރާއިއެކު މާޒު ވާދަކުރެއްވި ނަމަވެސް މާޒުގެ މި ނިންމެވުމަކީ އެބޭފުޅާއަށް އެގިވަޑައިގެން ނިންމެވި ނިންމުމެއްނޫންކަމަށް އުމަރުވަނީ އޭނާގެ ފޭސްބުކު ލައިވްގަ ވިދާޅުވެފައެވެ. އަދި މަޝްވަރާއަށް އެނދުނުނަމަ، އެއްވެސް ކޮޅަކަށް ނޭނރުމަށް ވިދާޅުވާނެކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: