ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއިލް އޮތީ ހަނގުރާމައިގެ ހާލަތުގައި: ބެންޖަމިން ނަތަންޔާހޫ

ހަމާސްގެ މިސައިލެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއިލް އޮތީ ހަނގުރާމައިގެ ހާލަތުގައިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ހަމާސް ޖަމާއަތުން އިސްރާއިލްއަށް ދިން ރޮކެޓު ހަމަލާ އާއި ގުޅިގެން ނަތަންޔާހޫ އެ ގައުމުގެ ރައްޔިތުންނަށް ދިން މެސެޖެއްގައި ބުނެފައިވާގޮތުން، ހަމާސްއިން ދީފައިވާ ހަމަލާއަށް އެ ޖަމާއަތުން މިހާތަނަށް ދައްކާފައިނުވާ ވަރުގެ ބޮޑު އަގެއް ދައްކަންޖެހޭނެއެވެ. އަދި މިހާރު އެ ގައުމު ވަނީ ހަނގުރާމައިގެ ހާލަތުގައިކަމަށާއި އެ ހަނގުރާމަ އެ ގައުމުން ކާމިޔާބުކުރާނެކަމަށް ބުނެފައިވެއެވެ.

ހަމާސްއިންވަނީ 5000 އަށް ވުރެ ގިނަ އަދަދެއް ރޮކެޓު ބޭނުންކޮށްގެން އެ ގައުމަށް ހަމަލާ ދީފައެވެ. އިސްރާއިލްގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ ގައުމުގެ ތެރެއަށް ހަނގުރާމަވެރިން ވަދެ ހާޒިރުވެ ތިބިކަމަށްވެސް ބެލެވެއެވެ. އެ ގައުމުން ބުނެފައިވާގޮތުން އެ މީހުންނަކީ ޓެރަރިސްޓުންނެވެ. މި ހަމަލާގައި ރޮކެޓު ނޫން އެހެން ބައެއް ވަސީލަތްތައްވެސް ބޭނުން ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ޕެރަގްލައިޑަރެއް ބޭނުންކޮށްގެން ވެސް ހަމަލާތައް ދީފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ހަމާސްއިންވަނީ އިސްރާއިލްއަށް ދިން ރޮކެޓު ހަމަލާގެ ޒިންމާ ނަގާފައެވެ. އަދި މިހާރު ހިނގަމުންދަނީ އޮޕަރޭޝަން އަލް އަގްސާ ސްޓޯރމް ކަމަށާއި ހަމަލާގެ ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި 5000 އަށްވުރެ ގިނަ ރޮކެޓު ބޭނުންކުރިކަމަށްވެސް އެއްބަސްވެފައިވެއެވެ. އެ ޖަމާއަތުން ބުނެފައިވާގޮތުން، މަސައްކަތްކުރަމުންދަނީ ސަރަހައްދުގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތައް އެކީ އެކައްޗަކަށް ނިމުމަކަށް ގެނައުމަށެވެ. އަދި އެކަމުގެ ސަބަބުން ޒިންމާއެއް ނެތި ބޭނުން ގޮތަކަށް އަމަލުކުރުމުގެ ދުވަސްތައް ނިމިގޮސްފައިވާކަން އިސްރާއިލްއަށް ސާފުވާނެކަމަށް ބުނެފައިވެއެވެ.

2007 ވަނަ އަހަރު ހަމާސްއިން ޣައްޒާގެ މައްޗަށް ބާރުވެރިކަން ހޯދުމަށްފަހު، ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއިލްގެ ރައްޔިތުންގެ ދެމެދު އެކި ފަހަރުގެ މަތިން ހަމަލާ ބަދަލުކުރެވިފައިވެއެވެ. މިފަހަރު މައްސަލަ ގޯސްވެ ހަމަނުޖެހުން އުފެދިފައިވަނީ އިސްރާއިލްއިނ ޣައްޒާއަށް މަސައްކަތްކުރުމަށް ދާ މީހުންނަށް ނުދެވޭނެ ގޮތަށް ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ. މި މައްސަލައިގައި އތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: