ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިން ބުހުތާނު ދޮގު ހެދުމަކީ އިންތިހާބަށް ފޯރުވި އެންމެ ބޮޑު ނުފޫޒު: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށާއި، އަދި އެނޫންވެސް އިންތިހާބުތަކަށް ފޯރުވާފައިވާ އެންމެ ބޮޑު ނުފޫޒަކީ ދޮގު ހަދާ، ހަގީގަތް އޮޅުވާލުންކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހުށައަޅުއްވާފައިވާ އިންތިހާބުތަކުގައި ސަރުކާރުން ނަޖާއިޒު ނުފޫޒާއި، ބާރު ފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި، މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒްކޮށް މަގުފަހިކުރުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓު ގުރޫޕް (ޕީޖީ) ގެ ލީޑަރުކަންވެސް ކުރައްވާ އަސްލަމް ވިދާޅުވީ މިއީ އަބަދުވެސް ދެކެވޭ ވާހަކައެއްކަމަށެވެ.

އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަކީ، އިސްލާހީ މަސައްކަތުގެ ތެރެއިން ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން އަމަލު ކުރާނެ ވަކި ގާނޫނެއް އޮންނަޖެހޭކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ފާހަގަކުރެއްވި ނުކުތާއަށް އަސްލަމް ތާއީދުކުރެއްވިއެވެ.

ގާނޫނު ނެތުމެއް ނޫން ގިނަ ފަހަރު ކަންތައްތައް ގޯސްކޮށް މިދަނީ، އެކަން ކުރަން ތިބޭ މީހުން ކަން ކުރާ ގޮތް ގޯސްވެގެން.

އަސްލަމް ވިދާޅުވިއެވެ.

ކަންކަމަށް ބޭނުންވާ އެކަށީގެންވާ ހައްލު ނުލިބެނީ ގާނޫނު ނެތުމުން ނޫންކަމަށާއި، ކަން ކުރާ މީހުން އެކަން ކުރާ ގޮތް ގޯސްވުމުންކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، އިންތިހާބުތަކަށް ނުފޫޒު ފޯރުވުން މާނަކުރާނީ، އަދި އެކަން ބަލާނީ ކޮން މިންގަނޑެއްގައިތޯ ބެލުމަކީ މުހިންމުކަމެއްކަމަށެވެ.

މިސާލަކަށް، ސަރުކާރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ 9،000 މުވައްޒަފުންގެ މުސާރަ ބޮޑުކުރީމާ، އެއީ އިންތިހާބަށް ނުފޫޒު ފޯރުވުންތޯ ނުވަތަ ނޫންތޯ ސުވާލުއުފެއްދިދާނެ، 17،000 ދަރިވަރުންނަށް ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވައިދޭން ނިންމީމަ އެއީ ނުފޫޒު ފޯރުވުންތޯ ނުވަތަ ނޫންތޯ ސުވާލުއުފެއްދިދާނެ. 141 ރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުން އެއީ ނުފޫޒު ފޯރުވުންކަމުގައިވަނީނަމަ އެއީ ނުފޫޒު ފޯރުވިދާނެ.

އަސްލަމް ވިދާޅުވިއެވެ.

ނުފޫޒު ފޯރުވުމަކީ ކޮބައިތޯ ސުވާލު އުފެއްދިދާނެ އެތައްކަމެއް އެބަހުރިކަމަށް އަސްލަމް ވިދާޅުވިއެވެ. ރައްޔިތުންގެ މަންފާއަށް ކޮށްދޭކަމެއްގެ ސަބަބުން އެއީ އިންތިހާބަށް ނުފޫޒު ފޯރުވުންކަމަށްވީނަމަ، އެއީ ނުފޫޒު ފޯރުވުންކަމަށް ވިދާޅުވެ އަސްލަމް ފާހަގަކުރެއްވީ ސަރުކާރުން ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އަދި ހިލޭ ޑިގްރީއަށް ކުދިންނަށް ކިޔަވާދިނުމާއި، ފެނާ ނަރުދަމާ ގާއިމްކުރުމަށް ހިންގާފައިވާ މަޝްރޫއުތަކެވެ. ފެނަކައިން 313 އައު ޖަނެރޭޓަރު ރަށްރަށުގައި ބެހެއްޓުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

ފެނަކައާއި ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކީ ދޮގުކަމަށް މެންބަރަކު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާ އަސްލަމް ވިދާޅުވީ އޭނާ ވާހަކަތައް ދެއްކެވީ އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓަކަށް ރިޔާއަތްކޮށްގެންކަމަށެވެ. އަދި އެ ރިޕޯޓުގައިވާ ކަންކަން އަސްލަމް ހިއްސާކުރެއްވިއިރު، 2018 ވަނަ އަހަރު ފެނަކައިގެ ދަރަނި ލައިބިލިޓީސް ހުރި މިންވަރު ފާހަގަކުރެއްވިއެވެ.

އިންތިހާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާ ވަހުމު އުފެއްދުންކަމަށް އަސްލަމް ވިދާޅުވިއިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެކަން އޮތްކަމަށް ވިދާޅުވިއެވެ. ކަނޑައެޅިގެން ބުހުތާނު ދޮގު، ކަން ހިނގާފައިވާ ގޮތާއި ހިލާފަށް ފަތުރާފައިވާކަމަށް ވިދާޅުވިއެވެ. ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާންމުންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ސަރުކާރާއިއެކު ކުންފުނިތައް ހިންގަން ތިބޭ މީހުން ބަދަލުވާން ނުޖެހޭކަމަށެވެ. ކުންފުނިތަކުގއި ތިބެންޖެހޭނީ ގާބިލްކަމާއިއެކު، ކުންފުނިތައް ހަރދަނާ ކުރެވޭނެ މީހުންކަމަށް ވިދާޅުވިއެވެ.

އަސްލަމް އަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ރަނިންމޭޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: