އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އައްޔަން ކޮށްފިއެވެ.
މުހައްމަދު ރަޝީދު ޕީޖީ ލީޑަރަކަށް އައްޔަން ކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 51 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ވޯޓުންނެވެ.
މިއަދު އެމްޑީޕީން ޕީޖީ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިހާބަކީ އެޕާޓީގެ ޕީޖީ ލީޑަރު ކަމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވެފައިވާތީ ޕާޓީން ހުސްވެފައިވާ ޕީޖީ ލިޑަރު ކަމުގެ މަގާމަށް މެމްބަރަކު އައްޔަން ކުރެއްވުމަށް ބޭއްވި އިންތިހާބެކެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމަށް މިއަދު ބޭއްވި އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އާއްމުކޮށް އިއުލާނު ކޮށްފައިވާއިރު، ވޯޓްގައި މުހައްމަދު ރަޝީދާއި ވާދަކޮށްފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުއެވެ. އޭނާ އަށް ލިބިފައިވަނީ 20 ވޯޓެވެ.
ތިންވަނައަށް އޮތީ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަނީ ޢަބްދުލްޙަކީމެވެ. އޭނާ އަށް ލިބުނީ ޖުމްލަ 2 ވޯޓެވެ.

