ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަޓާ އެވޯޑް އެމްޔޫ މަނިކަށް!

ޓޫރިޒަމް ދާއިރާގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑް އެމްޔޫ މަނިކަށް/ ފޮޓޯ: ސާޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާއަށް، ގިނަ ހިދުމަތްތަކެއް ކުރަމުން ގެންދަވާ އުމަރު މަނިކު (އެމްޔޫ މަނިކު) ގެ އިހުލާސްތެރި މަސައްކަތް އަގުވަޒަންކޮށް ސައުތް އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) އިން ދީފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރަޓަން ގްރޭންޑުގައި ބޭއްވި ސާޓާ އެވޯޑު ހަފްލާއަށް ބައެއް ސަބަބުތަކާއި ހުރެ އެމްޔޫ މަނިކަށް ވަޑައިނުގެންނެވުނެވެ. އެހެންވެ ރަސްމިއްޔާތެއްގެ ތެރެއިން އެވޯޑު އެރުވުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސްގައި ވަނީ ހާއްސަ އިވެންޓެއް ކުރިޔަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ހެދި އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ އެ ރިސޯޓު، ވިހަމަނާފުށިެ ނަމުގައި ހުޅުވިއިރު އެމްޔޫ މަނިކަކީ އެއް ކޯ ފައުންޑާއެވެ. އެވޯޑާއި ހަވާލުވެވަޑައިގެން ވާހަކަ ދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ ސާޓާއިން އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑު ދިނުމުން އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް 51 އަހަރު ފުރިފައިވާއިރު އިންޑިއަސްޓްރީއަށް ބޮޑެތި ކުރިއެރުންތައް ލިބިގެން ދިޔައީ އެތައް ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކުރެއްވި އެވެ. ދާއިރާގެ މަސައްކަތްތެރިން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައި އެމްޔޫ މަނިކު ވިދާޅުވީ، އަބަދުވެސް ކުރާ އުންމީދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ކުރިއެރުން ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އެމްޔޫ މަނިކު ވިދާޅުވީ، ރާއްޖެ ދުނިޔޭގެ އެންމެ މަގުބޫލު ޑެސްޓިނޭޝަންގެ ގޮތުގައި ބަލައިގަންނަނީ ދޭ ހިދުމަތާއި ގައުމުގެ ސަގާފާތް ބަލައިގަންނާތީ ކަމަށެވެ. އަދި ދިވެހިންގެ އާދަކާދައަކީ، އެހެން ގައުމުތަކަށް ހުރި މިސާލެއްކަމަށް ވިދާޅުވި އެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން ލެވެލްއަކަށް ގެންދިއުމުގެ އެއް ހިއްސާދާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: