ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ ހެދުމުގެ ފަހު މަރުހަލާތައް ފަށައިފި

އަމީނީ މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ/ އާރްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގެ ހެދުމުގެ މަސައްކަތްތަކުގެ ފަހު ފިޔަވަހި ފަށާފައިވާކަން އާރްޑީސީއިން ހާމަކޮށްފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ އަމީނީ މަގަކީ މިދިޔަ އަހަރު މެދާކަށް ހިސާބުން ޕްލޭނިންގް މިނިސްޓްރީއިން އާރްޑީސީ މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތަކެކެވެ. ގިނަ ދުވަސްތަކެއް ދިގުލައިގެންގޮސްފައިވާ މި މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރު ނިންމާލެވުނު އިރު ކުރެވިފައިވަނީ ހުރީ ޕްލޭނިންގް މިނިސްޓްރީ ހުންނަ ސަރަހައްދާއި ގާތަށެވެ.

އާރްޑީސީން ހާމަކޮށްފައިވާގޮން އެ ކުންފުނިން މިހާރު ފަށާފައިވަނީ 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 12 އަދި 13 ވަނަ ސެގްމެންޓުގެ މަސައްކަތްތަކެވެ.

އާރްޑީސީ މެދުވެރިކޮށް ކުރަމުންދާ މި މަސައްކަތްތައް ނިމިގެންދާއިރު 1.79 ކިލޯމީޓަރ ސަރަހައްދެއްގައި ތާރަ އެޅުމަށް ނިންމާފައިވާއިރު، ދުވާރު ހެދުމާއި ލޯފަން ބޭފުޅުނަށް ހާއްސަ ބްރެއިލް ބްލޮކްސް ބެހެއްޓުން ފަދަ މަސައްކަތްތައްވެސް ކުރުނަށް ކަނޑައެޅިފައިވެއެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅުއްވާ މީހުންނަށްވެސް ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ގޮތަކަށް ބިނާކުރުން ނިންމާފައިވާއިރު، މާލޭގައި ދިމާވާ ދަތިކަމެއްކަމަށްވާ ފެންބޮޑުވުމުގެ މައްސަލައަށްވެސް ހައްލުތަކެއް ގެނައުމަށް އިންތިޒާމުތަކެއް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: