ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން މަޖިލީހުގެ ދައުރު ދައްމާލަނީ!

ރައްޔިތުންގެ މަޖިލީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ދައްމާލުމަށް ވޯޓަށް އަހަން ނިންމާފައިވާކަން ރިޔާސަތުން އަންގައިފިއެވެ.

ދައުރު ދައްމާލަން ނިންމީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުންނެވެ. މި މައްސަލަ ކުރިއަށް ނުގެންދެވުނީ މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވާފައި ނުވާތީއެވެ.

މިކަމާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭއިރު، އެއީ ކޮން މަސައްކަތެއް ކުރުމަށް ހަވާލުކޮށްފައިވާ ވަޒީރެއްކަން ނޭނގި އެކަން ކުރުމުގެ ގާބިލްކަން ހުރިތޯ ނުބެލޭނެކަމަށެވެ. މިއީ ނިޒާމީ ނުކުތާއެއްކަމަށް ބަލައިގަނެ މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑާރާއި މަޝްވަރާކޮށް ރިޔާސަތުން ނިންމެވީ މައްސަލަ އަނބުރާ މަސްއޫލިޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި ދެން އޮންނަ ޖަލްސާއަކަށް މި މައްސަލަ ހައްލުކޮށް، ކޮމޮޓީ ރިޕޯޓު އެޖެންޑާ ކުރާނެއެވެ.

ކޮމިޓީއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ފާސްކޮށްފައެވެ. ކޮމިޓީއިން ނިންމާފައިވަނީ ވަޒީރުންނަށް ރުހުން ދޭން ފެނޭތޯ ވަކި ވަކިން ވޯޓަށް އެހުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: