ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާޙުކޮށް ހަރުދަނާކުރުމަށް ރައީސް ނިންމަވައިފި

ކޮވިޑުގެ ތެރޭގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތްއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ކެބިނެޓުން މިގޮތަށް ނިންމަވާފައި ވަނީ، ބިދޭސީންގެ މެދުގައި ކުރިޔަށް ގެންދިޔަ ސްކްރީނިންގެ ތެރެއިން ބަޔަކު ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާތީ އެވެ. އެކަމާ ގުޅިގެން ކުރިޔަށް ގެންދާ، ސްކްރީނިންގައި އިތުރު ބަޔަކު ވެސް ދެނެގަނެވިފައިވާތި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލޭގެ ސަރަހައްދުގައި ވެސް ބިދޭސީން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އެކަމާއި ގުޅިގެން އެޗްޕީއޭ ވެސް ބައެއް މަސައްކަތްތައް ވަނީ ފަށާފަ އެވެ. އެގޮތުގެ މަތީން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ އެވެ. މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ހާއްސަކޮށް އެންޑެމިކް ގައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ގަވާއިދުން، އޮންނަ އުސޫލެއްގެ މަތިން ”އޮން-އެރައިވަލް“ އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު އޮން އެރައިވަލް އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭނެކަމަށް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން، ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހަދަންޖެހޭ މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ. އަދި ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ކަނޑައެޅުއްވުމަށް މަޝްވަރާކުރެއްވި އުސޫލުތަކުގެ ސަބަބުން ރާއްޖޭގައި ނައްތާލެވިފައިވާ އަދި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އަލުން ރާއްޖޭގައި އިއާދަވުމުން ދުރުކޮށްދޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: