ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޑިވެލޮޕްމެންޓު ބެންކެއް ގާއިމުކޮށް ގާނޫނެއް ގެންނަނީ!

ރައީސް ޑރ މުއިއްޒުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ނިންމުންތައް ހިއްސާކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައީސް މުއިއްޒުވަނީ އެމަނިކުފާނަށް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރުގެ ދަށުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ނިންމަވާފައިކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމަނިކުފާނުވަނީ އޮން ޝޯ ބެންކެއްގެ އޮޕަރޭޝަންނަށް ލައިސެންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގަވައިދެއް އެކުލަވާލުމަށްފަހު އެ މަސައްކަތްތައް ގަވައިދުގެ ދަށުން ކުރިއަށް  ގެންދެވުމަށްވެސް އެމަނިކުފާނު ނިންމަވާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާއި ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ބިލެއް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމަށް މަސައްކަތްތައް ކުރެއްވުމަށްވެސް ރައީސުލްޖުމުހޫރިއްޔާވަނީ ނިންމަވާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: