މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 190 މިލިއަން ރުފިޔާކަމަށާއި ސޮވެރިން ގެރެންޓީ ދީގެން ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ލަސްވާތީ، އެކަމަށް ތަކުރާރުކޮށް އަންނަ ޝަކުވާތަކަށް މިއަދު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ފައިސާ ލަސްވުމަކީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ނުކުރެވިދާނެ ސަބަބެއް ކަމަށެވެ. އޭގެ ސަބަބުން އާއިލާތަކަށް ހަރަދުތައް ކުރުމުގައި އެތައް ގޮންޖެހުންތަކާއި ދިމާވާނެކަމް ގަބޫލި ކުރާކަމަށާއި އެއީ ލިބޭ ވަރަށް ވެސް ބޮޑު ހިތްދަތިކަމެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.
ސަރުކާރުން މި ޝަކުވާތައް އަޑުއަހައި ހައްލު ގެނެސްދޭނެކަމަށް ވައުދުވެ، ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާއި ހަވާލުވެ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައަށް ހާއްސަ އިސްކަމެއް ދެއްވައިގެން މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއި އެކު 276 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ދޫކުރެވުނުކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެ. އެހެންނަމަވެސް ދުވަސްވަރަކީ މަސަވެރިކަން الله ގެ ރަޙުމަތުން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް އެބަބުނޭ. ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން.
މިނިސްޓަރ ވިދާޅުވީ މާތްﷲ ގެ ރަޙްމަތުން މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަމަށާއި، އެހެންވެ ކޮންމެ ދުވަހަކު ވެސް އިތުރުވާ އަދަދާއި އެކު މަސްވެރިންނަށް ނުނެވި ހުރި ފައިސާތައް 190 އަށް އަރާކަމަށް ހިސާބުތަކުން އެނގޭކަމަށެވެ. އެހެންވެ ސަރުކާރާއި މިފްކޯ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ސޮވެރިން ގެރެންޓީދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރެވެން ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދިޔަ ސަރުކާރުން އިންފްލޭޝަނަށް އަސަރު ކުރާ ގޮތަށް ފައިސާ ޗާޕު ކުރުމާއި މާލީ ކަންކަމުގައި އަމަލު ކުރި ގޮތުގެ ސަބަބުން ބޭރުން ފެސިލިޓީއެއް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ގިނަ ކަމަށެވެ
އެއަށް މިނިސްޓަރ ދެއްވި ޔަގީންކަމަކީ ލަސްތަކެއް ނުވެ މިހާރު އޮތް ބެކްލޮގް ފިލުވާލެވި މަސްވެރިންނަށް އެދޭން ޖެހޭ ފައިސާތައް ދެވިގެން ދިއުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައް ވެސް ހައްލުވެ، މި ސަރުކާރުގެ މެނިފެސްޓޯ ބަރާބަރަށް ތަންފީޒު ކުރެވެވި ދާއިރާ މެދުވެރިކޮށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެކަމަށް ވިދާޅުވި އެވެ.
އެންމެ މުހިންމުކަމެއްގެ ގޮތުން މިނިސްޓަރ ފާހަގަކުރެއްވީ މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައް ވެސް ހައްލުވެ މި ސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާކަމަށާއި މަސްވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

