ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު މަގުން ކައްސާލުމުން، ސަރުކާރު މަޖިލިސް މެމްބަރުން ތާއީދުގައި ނިކުންނާކަށް ނުޖެހޭ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވާ ފަރާތެއް ގޯހެއް ހަދާ ކޮންމެ ފަހަރެއްގައި، އެއީ ސަރުކާރުގެ މެމްބަރެއްވީތީ ރައީސުލްޖުމްހޫރިއްޔާގެ ދިފާއުގައި ނިކުންނަން ނުޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ކުރިޔަށް ގެންދާ ބައްދަލުވުންތަކުގައި ސިލްސިލާކޮށް ބައިވެރިވެވަޑައިގެން ރައީސް ޔާމީން ގެންދަވަނީ ޖަލްސާގެ ޕޯޑިއަމްގައި ވާހަކަ ދައްކަވާ ފަރާތްތަކާއި ސުވާލު ކުރައްވައި ކަންކަމުގައި އެބޭފުޅުންގެ ހިޔާލު ހުރިގޮތް ހޯއްދަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ އެއީ ގާނޫނީ އިން ކަނޑައަޅާ މެމްބަރުންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެދެމެދުގައި ތާށިވެގެން ތިބެގެން ނުވާނެކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އަދި ފައިދާ ހުރި މިންވަރަކަށް ބަލައި ގާނޫނުގެ ތަނަވަސްކަން ގެނައުމަކީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މެމްބަރުންގެ ޒިންމާއެކެވެ.

ގާނޫނު ހަދާ މަޖިލިސްގެ މެމްބަރުންނަކީ ގާނޫނީ އިން ކަނޑައަޅާ މީހުން.. އެހެންވީމަ ގާނޫނީ އިމުގެ ތެރޭގައި ތާށިވެފައި މަޖިލިސް މެމްބަރުން ތިބެގެން ނުވާނެ… ރައްޔިތުންނަށް ބޭނުންވާ ކޮންމެކަމެއް ކުރުމަށްޓަކައި ގާނޫނީ އިން ބޮޑު ތަނަވަސް މަގަކަށް ހެދުމަކީ އޮތްކަމެއް..

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލިބިދޭ އެއްތައް ހައްގެއް، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އޮންނަނީ ހަނިކޮށްފަ އެވެ. އަދި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ދިނުމުގެ ނަތީޖާއަކީ ސަރުކާރާއި ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީ ނުކުރުވުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތައް ފުރިހަމަ ގޮތުގައި ހިމާޔަތް ކުރުމުގެ ގޮތުން، އެ ރައްޔިތުންގެ ހައްގުތަކާއި މެދު ވިސްނައި ވަކާލާތު ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރު ރަނގަޅު މަގުން ކައްސާލައިގެން ދާ ހާލަތްތަކުގައި މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން އެކަން ދިފާއުކުރަން ނިކުންނަން ނުޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުން ވިސްނަން ޖެހެނީ ރައްޔިތުންގެ ފައިދާއަށް ކަންކަން ކުރުން.. ސަރުކާރު މަގުން ކައްސާލައިގެން ދާ ފަހަރުތަކު، ކޮންމެ ފަހަރަކު ސަރުކާރު މެމްބަރަކަށް ވާތީ ސަރުކާރަށް ތާއީދު ކުރުމެއް ވެސް ނޫން..

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގައި މެމްބަރުންނަށް އޮތް ޒިންމާ މާ ބޮޑުކަމަށާއި، އިސްކަން ދޭންވީ އެ ކަންކަމުގެ މައްޗަށް ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ”އިންޑިއާ އައުޓް“ ހަރަކާތްތައް އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ނިންމަވައި ނެރުއްވި ގަރާރަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާކަމަށް ގަބޫލު ކުރެވި، އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރެވުނު މަސައްކަތްތަކާއި އެކަމަށް އަޑުއުފުލުމުން އާންމު ރައްޔިތުން ހިފާ ހައްޔަރުކޮށް އޭރުގެ ސަރުކާރުން ކުރީ ފުލުހުންގެ މަސައްކަތާއި ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންނަށް އާންމު މަގުމަތީ ސަރަހައްދުތަކުގައި އަޑުއުފުލޭނެކަމަށް ގާނޫނުއަސާސީ ބުނާއިރު ފުލުހުންނަށް އެ ހައްގަށް ވެސް ހުރަސް ނޭޅޭނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: