ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި ފްލެޓުތަކަށް ރެޖިސްޓްރީ ހަވާލު ކުރުން ދަނީ ކުރިޔަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯތިތައް ލިބިފައިވާ ފަރާތްތަކަށް އެ ބިންތައް ނުގެއްލޭނެކަމަށާއި، ރެޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅި އެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރި އެވެ.

ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދި އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގި އެވެ. އޭގެ ފަހުން އެކަމުގެ މާބޮޑު ތަފްސީލެއް ނުލިބޭއިރު، ގޯތިތައް ލިބުނު މީހުންގެ އެންމެ ބޮޑު ސުވާލަކީ ލިސްޓާއި އެއްގޮތަށް އެތަންތަން ލިބޭނެ ތޯ އެވެ. އަދި ރެޖިސްޓްރީއަށް ފަހު ވެސް އޭގެ ސައްހަކަން ދެމި އޮންނާނެ ތޯ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި އާންމުންގެ މީހަކު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. ގޯއްޗާއި ފްލެޓު ދޫކުރުމާއި ގުޅޭގޮތުން، އަދި މިހާތަނަށް މި ސަރުކާރުން އެކަށީގެންވާ މައުލޫމާތެއް ނުދޭކަމަށް އާންމުންގެ ފަރާތަކުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ހައްގާއި ގުޅިފައިވާ ވާހަކައެއް ކަމަށެވެ.

އަޅުގަނޑު ހަމަ ދޭން ބޭނުންވާ ޔަގީންކަމަކީ ގުޅީފަޅުން ވެސް، ގިރާވަޅު ފަޅުން ވެސް ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތީގެ ލިޔެކިއުމުގެ ކަންކަން އެބަ ކުރިޔަށް ދެޔޭ.. ރަޖިސްޓްރީ ހެދުމުގެ މަސައްކަތް، ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އެބަ ކުރިޔަށް ދޭ..

ރައީސް ވިދާޅުވީ ގާނޫނީ ގޮތުން ރެޖިސްޓްރީ ދޫކުރެވުނީ، ހިއްކާފައިވާ ބިމަކުންކަމަށާއި އެހެންކަމުން ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވަގުތީ ގޮތުން ދޭން ޖެހޭ ލިއުންތައް ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގެ ހިއްކަމުން ދާ ސަރަހައްދުތަކުން ވެސް ގޯތި ލިބުނު ފަރާތްތަކަށް ރައީސް ދެއްވީ އެގޮތުގެ މަތީން އެ ބިންތައް ލިބޭނެކަމުގެ ޔަގީންކަމެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެ ކަމަށެވެ.

މި ގޯތިތައް ރަސްމާލެއަށް ބަދަލު ކުރަން އުޅޭކަމަށް ކުރާ ތުހުމަތުތައް ވެސް ރައީސް ވަނީ ދޮގުކުރައްވާފަ އެވެ.

ވަރަށް ގަދަ
68%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 26%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: