ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދިން ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް، ނަން ނުފޮޮނުވޭނެ: އަނދުން ހުސެއިން

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ފޮނުވުމަކީ ގާނޫނީ ގޮތުން ކުރެވޭނެކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވަޒީރުންނަށް ރުހުން ނުދިން މައްސަލައަށް ޝަހީމް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާއަށް ގާނޫނީ އިމުގެ ތެރެއިންނާއި ބޭރުން ކުރެވިދާނެ ގިނަ ކަންކަން ހުންނާނެކަމަށާއި އިންސާނަކަށް ވީތީވެސް ކުރެއްވޭނެ ކަންކަން ހުންނާނެކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ގާނޫނުގައި އުސޫލެއް ބަޔާންކޮށްފައިވާކަމަށާއި ރުހުން ނުދިނުމުން އަނެއްކާ އެމީހުން ލައްވާ ހުވާކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ނޫން ނަމަ ރުހުން ދިނުމަށް ފޮނުވުމަށް ގާނޫނުގައި ބަޔާންކޮށްފައި ނޯންނާނެ ކަމަށެވެ. އަދި މިކަމަކީ މަޖިލީހަށް ސިޓީއެއް ފޮނުވައިގެން ހައްލު ކުރެވޭނެ ފަދަ މައްސަލަތަކެއް ނޫންކަމަށް އޭނާ ވިދަޅުވި އެވެ.

ޝަހީމް ވިދާޅުވީ، ވަރަށް އާދައިގެ ގޮތަކަށް ފޯނު ކޯލުތަކުން ރައްޔިތުންގެ މަޖިލީހުގައި ވަކި ގޮތަކަށް އިރުޝާދު ދީގެން ގާނޫނެއް ނުވަތަ ގަވައިދެއްގައި ލިޔެފައިވާނަމަ އެ އުސޫލެއްގެ މަތިން ކަންކަން ކުރުންވެސް ރަނގަޅުކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނެއްގައި ރުހުން ހޯދަން ފޮނުވުމަށް އަންގާފައިވަނީ ރުހުން އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގެ މަގުސަދުގައިކަމަށެވެ. އެހެންކަމުން އަލުން ފަނޑިޔާރަކު ރައީސް އޮފީހަށް ގެނެސްގެން ހުވާކުރުވުމަކީ ރައީސަކު ކުރެއްވިނަމަވެސް ގާނޫނާއި އެއްގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި އެމްޑީޕީއިން ނުދެކޭކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ރައީސްގެ މަގާމަށް ވަޑައިގަންނަވާ ފަރާތަކަށް ފެނުމުން އެކަން ކުރަމުން އައިސްފައިވާކަމަށާއި، ފަނޑިޔާރުންވެސް ކޮށްދެއްވަނީކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލައެއްގައި ދެބަސްވުމެއް އުފެދިއްޖެ ހާލަތެއްގައި ހައްލެއް ލިބިގެންދާނީ ކޯޓުން ވަކި ގޮތެއް ނިންމުމުންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށްވުރެ ކުޑަ މުއައްސަސާއެއް ނޫންކަމަށެވެ. އަދި އެއީ ސަރުކާރަށްވުރެވެސް ބޮޑު މުއައްސަސާއެއްކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެހެންކަމުން މަޖިލީހުގެ އަގުލަބިއްޔަތުން ރުހުން ނުލިބޭނެކަމަށް ބުނުމުން ރައީސްއަށް އަލުން އެކަން ނުކުރެއްވޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ރީތިކޮށް ކަންކަން ކުރިއަށް ގެންވަން ރައީސް މުއިއްޒުއަށްވެސް ޖެހިވަޑައިގަންނަވާނެކަމަށާއި އެމްޑީޕީއިން ރުހުން ދިން ވަޒީރުންގެ ތެރޭގައި ބަލި ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވި ވަޒީރުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރުހުން ދީފައިވަނީ ސިއްހީ ހާލަތު ހުރިގޮތުން ވަޑައިގަންނަވަން ޖެހިގެން ވަޑައިގަތީކަމަށް ގަބޫލުކުރެއްވޭތީކަމަށާއި އަނބުރާ ވަޑައިގެން ގާބިލުކަމާއިއެކު މަސައްކަތްތައްވެސް ކުރައްވާނެކަމަށް ގަބޫލުކުރާތީކަމަށް ހިއްސާކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ، މީގެ ކުރިން މި މައްސަލައާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިއީ އެމްޑީޕީއިން ގައުމީ ކަމެއް ގެ ގޮތުގައި ކުރަމުންދާ މަސައްކަތްތަކެއްކަމަށް ދަންނަވާފައިވާނެކަމަށެވެ. އަދި މަޖިލީހުގެ ތެރެއިންވެސް އެގޮތުގެ މަތިން މަސައްކަތްތައް ކުރެވިގެންދާނެކަން ހާމަކުރައްވާފައިވާނެކަމަށާއި ރައީސް މުއިއްޒު އެމްޑީޕީއާއި ރާއްޖޭގެ ރައްޔިތުންނާއިމެދު އަމަލުކުރަމުންދާ ގޮތަށް ”ހަޑިހުތުރުކޮށް“ އަމަލުނުކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: