ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12800 މީހަކަށް ވަޒީފާގެ ލިޔުން ދީ މަސައްކަތައް ނުނެރި އެބަތިބި: ޝަހީމް

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 8000ގައި ހުރިއިރު އިތުރު 12800 މީހަކަށް ވަޒީފާ ދޭނެކަމުގެ ލިޔުން ދީފައިވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ މެމްބަރު ޝަހީމްވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ހާސިލުކޮށްފައިވާ ނަތީޖާގެ މައްޗަށް އަލިއަޅުއްވާފައެވެ. ޝަހީމް ވިދާޅުވީ، 12 މެމްބަރުން އިންތިހާބުކުރެވިފައިވުމަކީ އެ ޕާޓީގެ ކާމިޔާބެއްކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ހަރަކާތްތެރިވަމުންދާއިރު މިފަހަރުވެސް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވުމަކީ ކާމިޔާބީއެއްކަމަށާއި އެކަމަކީ ނާކާމިޔާބެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ސިހުރު ހާހޫރަ ހެދިކަމަށް ރައްޔިތުން ތުހުމަތުކުރާ ސަރުކާރަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުކަމަށާއި ހޯދިތަނަކުން ހޯދައިގެން އެންމެ ގިނަ އަދަދަކަށް ފައިސާ ދާއިރާތަކަށް ބެހި ސަރުކާރަކީވެސް ރައީސް މުއިއްޒުގެ ސަރުކާރުކަމަށް ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވަޒީފާގެ ލިޔުން ދިނުމަށްފަހު މަސައްކަތްކުރަން ނުނެރި 12800 މީހުން ތިބިކަމަށްވެސް ރައްޔިތުންދަނީ ހެއްކާއިއެކު ބުނަމުންކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މުސާރަ ހިނގާނީ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެންކަމަށް ލިޔުންތަކުގައި ބަޔާންކޮށްފައިވާކަމަށެވެ.

ޝަހީމް ވިދާޅުވީ މިހާރުވެސް 8000 ވަރަކަށް ސިޔާސީ މުއައްޒަފުން ވަޒީފާތަކަށް ލާފައި ތިބިއިރު އިތުރު 12800 މީހުންނަށް ވަޒީފާ ދޭނެކަމުގެ ލިޔުން ދީފައިވާކަމަށެވެ. އަދި މި ވަޒީފާތަކުގެ މުސާރަތައް ހުރީ 18000 އަދި 25000 ފަދަ އަދަދުތަކުގައިކަމަށްވެސް ހިއްސާކުރެއްވިއެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުންވަނީ ދައުލަތް ލޫޓުވާލާފައިކަމަށް އޭނާ ތުހުމަތުކުރެއްވިއިރު ހިންގަމުންދާ ނޭދެވޭ އަމަލުތަކުގެ އަސަރުތައް ރައްޔިތުންނާއި ހިސާބަށް ފޯރާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: