ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައަަށް މުއައްޒަފުން ނެގީ މަސައްކަތްތައް އިތުރުކުރި ނިސްބަތުން: ކުރީގެ މެމްބަރު ޝަހީމް

ކުރީގެ މެމްބަރު ހުސައިން ޝަހީމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުގައި ފެނަކައަށް ސަބަބެއް ނެތި މުއައްޒަފުން ވެއްދީ ނޫންކަމަށާއި ނަގާފައިވަނީ ކުންފުނީގެ މަސައްކަތްތަށް ބޭނުންވާ މުއައްޒަފުންކަމަށް މަޖިލީޙުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޝަހީމްވަނީ ނިމިދިޔަ ދައުރުގައި ފެނަކައިން ކުރަމުން އައި މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. ޝަހީމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ރައީސްގެ ކެބިނެޓުންނާއި ސަރުކާރުން ނިންމީ ފެނަކައަކީ ހަމައެކަނި އޮތޮޅު ތެރޭގެ ރައްޔިތުންނަށް ކަރަންޓު ދިނުމުގެ ބަދަލުގައި އެހެނިހެން މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކުންފުންޏަކަށް ހެދުމަށްކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރާ ގޮތަށް ކަނޑައެޅިފައިވާނެކަމަށް ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ، ބައެއް ރަށްތަކުގައި އައިސްޕްލާންޓު ބެލެހެއްޓުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ކުރުމަށް އިންތިޒާމުކުރެވިފައިވާނެކަމަށާއި އެގޮތުގެ މަތިން އެމްޑީޕީގެ ސަރުކާރުގައި ފެނަކައިން ކުރާ މަސައްކަތްތައް އިތުރުކުރިކަމަށާއި، އެ މަސަައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މުއައްޒަފުންވެސް އިތުރުކުރިކަމަށް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ހަމަ ހުރެފައި މީހުންތަކެއް ވެއްދީ ނޫންކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ބައެއް ރަށްތަކުގައި ފެނަކައިގެ ވަޒީފާއަށް ގިނަ އަދަދެއްގެ މުއައްޒަފުން ނަގާފައިވަނީ އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރާތީކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރީ ކޮންޓްރެކްޓް އުސޫލުން ނެގުމުން އެ ކަން ކުރެވޭ އަގަށްވުރެ ކުންފުންނަށް ސްކިލްޑް މީހުން ނަގައިގެން ކުރުމުން އޭގެ ހަރަދުކުޑަވުމުންކަމަށެވެ.

ޝަހީމް ވިދާޅުވީ، ހަރަދު ބޮޑުކަމަށް މިހާރުގެ ސަރުކާރަށް ބުނެވިދާނެކަމަށެވެ. އެހެންމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި ހަގީގަތަކީ ކޮލިޓީ މަސައްކަތްތަކެއް އެ ރަށެއްގެ ރައްޔިތުންގެ ބައިވެރިވުމާއިއެކު އެކަށީގެންވާ އަގެއްގައި ކުރެވިގެންދިއުންކަމަށާއި ވަޒީފާއަށް މީހުން ނަގާފައިވަނީ ހަވާލުކުރެވޭ ނިސްބަތުންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިސް މިހާރު އެ ހުރިހާ މަސައްކަތްތަކެއްވަނީ އެމްޑަބްލިއުއެސްސީގެ ދަށަށް ލާފައިކަމަށެވެ. އަދި މައްސަލައަކަށް ވެގެން އަންނަނީ ބައެއް މަސައްކަތްތައް ހުއްޓާލާފައިވާއިރު މުއައްޒަފުން ނަގާފައި ބޭތިއްބުމުންކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: