ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސްޓްލޭޑީ ސާޖިދާގެ ލިސްޓުގެ ވާހަކައަކީ ހަގީގަތެއް ނޫން، ރައްޔިތުންގެ ހައްގެއް ނުގެއްލޭނެ: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒާއި އަންބިކަނބަލުން ސާޖިދާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުފޫޒު ފޯރުވައި، ގޯތިއާއި ގުޅުން ހުރި އަމިއްލަ ލިސްޓެއް ނެރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ނެތްކަމަށާއި އެފަދަ ކަމެއް ނުވެސް ހިނގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ނުފޫޒު ގަދަ އެކި މީހުން ދޭ ލިސްޓުތަކަށް ފްލެޓު ދޫކުރާކަމަށް ވާހަކަ ދެކެވެ އެވެ. އެގޮތުން މިވަގުތު ދެކެެވެމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު މިކަމުގެ ތެރެއަށް ވަދެ ލިސްޓެއް އެކުލަވާލާވައިވާކަމުގެ އަޑުތައް ވަނީ ފެތުރުފަ އެވެ.

ރައީސްގެ އޮފީހުން މިހާރު ކުރިޔަށް ގެންދާ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސަުވާލު ކުރީ އެއީ ސައްހަ ވާހަކައެއްތޯ އެވެ. އެކަން ދޮގު ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ބަޔަކު ކުރާ މަސައްކަތްތައް ރައްޔިތުން ގަބޫލު ނުކުރަން އެދޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ރައީސް ވިދާޅުވި ގޮތުން އެމަނިކުފާނު ނުވަތަ އަނބިކަބަލުން ސާޖިދާ ނުވަތަ ރައްޓެއްސެއް ވިޔަސް ސަރުކާރުގެ މަގާމުގައި ހުންނެވި މީހެއްގެ ނުފޫޒުން ވިޔަސް ރައްޔިތުންގެ ހައްގެއް ނުގެއްލޭނެކަމެވެ.

އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް، އަޅުގަނޑުގެ އަންހެނުން ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާ

ރައީސް ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގަކަށް އަރައިނުގަންނާނެކަމަށާއި، އެއީ ގެދޮރުވެރިކަމުގެ ފްލެޓާއި އެހެން ކަމަކާއި ގުޅުން ހުރި ކަމަކުން ވެސް ރައްޔިތުންގެ ހައްގެއް ގެއްލިގެން ނުދާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދޭނީ އިންސާފުވެރިކަމާއި އެކުކަމަށާއި، ހުރިހާކަމެއް ވެސް ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
95%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: