ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފުވާ ވަޒީރުން ތިބި ނަމަ، އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު ދީފި ނަމަ ގާނޫނުއަސާސީއައި ހިލާފަށް ހިނގާ އަމަލުތައް އިތުރުވާ މަންޒަރު ފެންނާނެކަމަށް ތ. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް އަމަލު ނުކޮށް ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެއީ ބިސޭސީންން ގެނައުމަށް ކޯޓާ ދިނުމާއި، ހުއްދަ ދިނުމުގެ އިހުތިޔާރު ކަމާއި ގުޅޭ މިނިސްޓްރީއަށް ލިބިގެން ވީނަމަވެސް ބިދޭސީން ގެނައުމުގެ ކޯޓާގެ ކަންކަން ހޯމް ލޭންޑްއަށް ލިބިގެންވީ ނަމަވެސް ގަވައިދުތައް ހެދުން ހަޔާރ އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށް ބުނެ އެވެ.

ހިސާންގެ މައްސަލައިގައި ވަނީ މިކަމުގައި ޒިންމާވާން ޖެހޭނީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ކަމަށެވެ.

ހިސާންގެ އެ މައްސަލަ ބަލައިގަތުމަށް 23 މެމްބަރަކު ވޯޓު ދެއްވިއިރު، 6 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ކަމަށެވެ. އަދި ރާއްޖެއަށް މަސައްކަތްތެރިން ގެންނަން ޖެހޭއިރު، އެކަން ވަކި މިނިސްޓްރީއަކާއި ހަވާލުކޮށްފައި ވަނިކޮށް އެހެން ބަޔަކު އޭގެ ތެރެއަށް ވަނުމަކީ އެއީ ގޯހެއްކަމަށް އަފީފް ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް މަސައްކަތް ކުރަމުން ގެންދާ ވަޒީރެއް ފާހަގަކުރެވޭ ހާލަތެއްގައި އެ މީހެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓު ނަގަން ޖެހޭކަމަށް އަފީފް ވަނީ ވިދާޅުވެފަ އެވެ.

އަފީފް ވިދާޅުވީ ރާއްޖޭގައި ވަކި ގައުމެއްގެ މަސައްކަތްތެރިންގެ އަދަދު އިންތިހާއަށް އިތުރުކަމަށާއި، އެހެން ނަމަވެސް އެއަށް ބެލުމެއް ނެތި އަލުން ހުއްދަ ދިނުމަކީ އެއީ ގޯހެއްކަމަށް އަފީފް ވިދާޅުވި އެވެ.

މި ސަރުކާރަށް މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މިހާ ބޮޑަށް ގާނޫނާއި ހިލާފު ކަންކަން ހިނގަމުންދާނަމަ ކުރިޔަށް އޮތްތަނުގައި ކިހާ އޮޅުވާލުމެއް ވާނެތޯ އަފީފް ސުވާލު ކުރި އެވެ.

މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އަނެއްކާވެސް އެބޭފުޅުންގެ މެމްބަރުން ހޮވައި، އަޣުލަބިއްޔަތު ދިނުން ވެސް ވެގެން ދާނީ އެބޭފުޅުން ގާނޫނާ ހިލާފުވާން ދޭ ހިތްވަރަކަށް

އަފީފް ވިދާޅުވީ ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުކަމަށާއި، ސަރުކާރަށް ގާނޫނާއި ހިލާފު އަމަލުތައް ހިންގަން އިތުރު ފުރުސަތުތައް ދެވިގެން ނުވާނެކަމަށެވެ. އަދި އެކަމާ ރައްޔިތުން ފުންކޮށް ވިސްނުމަށް ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: