7 ފެބްރުއަރީ އަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު، ކަޅު ދުވަސް ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ހާދިސާގައި ދިމާވިކަންކަން ކުއްވެރި ކުރައްވާ ޑިމޮކްރެޓްސްވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ 7 ފެބްރުއަރީ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން ވައްޓައިލުމަށް ހިންގި ބަގާވާތަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަހެެއްކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދަކީ ރާއްޖޭގެ އިސްލާހީ ހަރަކާތްތެރިންނާއި ރައްޔިތުންގެ ބުރަ މަސައްކަތާއި ލިބުނު ގިނަގުނަ އަނިޔާތަކުގެ ތެރެއިން ގެނެވުނު ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ވެރިކަމާ ދެކޮޅަށް ބަގާވާތްކޮށް ވެރިކަން މަގުމަތިން ވައްޓައިލާފައި ވަނީ އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައިވަނީ 7 ފެބްރުއަރީ އަށްފަހު ޖެހިގެންއައި 8 ފެބްރުއަރީގައި ހަތިޔާރު އެޅި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ރައްޔިތުން ގައިގާ ތަޅައި އަނިޔާވެރިވެފައިވަނީ އިންތިހާ ދަރަޖައަށްކަމަށާއި އެދުވަސް ފާހަގަކުރަނީ ހިތާމަޔާއެކު ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ދިއަ ދިއުމުން ވަނީ މިއަދާ ހަމައަށް ވެސް އަރައި ނުގަނެވި ފޫނުބެއްދިފައި ކަމަށެވެ. އަދި އެ ބަގާވާތް ދަ ޑިމޮކްރެޓްސް އިން އެންމެ ހަރުއަޑުން ކުށްވެރިކުރި ކުރާކަމަށްވެސް ވަނީ ބުނެފައެވެ.


One Response
ދިވެހި ތާރީހްގަވެސް ފެންނަނީ ހެއުވެރިކަމަކައް ނޫނެކޭ ބުނާތަން. އަނެކާއަށް ނޭދޭ ގިނަ ރައްޔަތުންތަކެއް އުޅޭ ތަނެއްގެ ގޮތުގަ.އަޅުވެތިކަން އެއީ،ފަގީރުކަން އެއީ އަސާސް ކަމަށް ހަދައިގެން ސަރުކާރު އަންނަނީ ހަޒާނާ ދައުލަތް ހުސްކުރަން.ހެުކަމެއް ރަޔޔިތހަކަށް ކޮއްދިނަސް ހަނދާން ނެތުން. ބޭސްފަރުވާ،ހިލެޭކުރެވޭކަނވެސް ނޭނގެ .ލޯކަލް ޓޫރިޒަމް ިއްގތިސާދެއްކަން ނުދަނެ. ޓެކްސް ނިޒާމުން ދައުލަތް ހިނގާކަމެއް ހަނދާންނެތް. މިކަންކުރަން ހުރީ ހަމައެކަނި އެންމެ ނަފްސެއްކަން ދަންނަ މީހަކުނެއް.