ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ ހަރުދަނާ ކުރުމަށް ކުންފުންޏާ އެކު ދަނީ މަސައްކަތް ކުރެވެމުން: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޝިޔާމް ޖަވާބު ދެއްވަނީ. --ފޮޓޯ | މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަހުގެ އަގު މުރާޖައާ ކުރިއިރު، ޝިޔާމް ވިދާޅުވި ގޮތުން އަދިވެސް މަސައްކަތް ކުރަން ޖެހިފައި ވަނީ ހަ ރުފިޔާގެ ގެއްލުމުގަ އެވެ. ޝިޔާމް ވިދާޅުވީ މިފްކޯއަކީ ރަނގަޅަށް ހިނގާ އެފިޝިއަންޓް ކުންފުންޏަކަށް ވާން ޖެހޭކަމަށާއި، އެކަމަކު އެ މަސައްކަތް އެގޮތުގައި ގެންދަން ދަތިތަކެއް އެބަހުރި ކަމަށެވެ.

މިފްކޯއަކީ ފައިދާ ވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުތަކުން ވައުދުވި ނަމަވެސް، ހިންގުމުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މިފްކޯ ހަރުދަނާ ކުރުމާ ގުޅޭގޮތުން، މެމްބަރުން ސުވާލު ކުރުމުން މަޖިލިސް ތަޅުމުގައި ޝިޔާމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން މިހާރު ކުންފުނީގެ ކަންކަމުގައި މަސައްކަތް ކުރުމުގެ ފުޅާ ޖާގައެއް ލިބިދީފައިވާ ކަމަށެވެ. އެހެން ކަމުން މީގެ ކުރިން އެހެން ސަރުކާރަކުން، އެ ކުންފުންޏާއި ގާތުން މަސައްކަތް ނުކުރެވޭހާ މިންވަރަށް ކުންފުނީގެ ކަންކަމުގައި ވާހަކަ ދެކެވޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މިފްކޯގެ ހަރަދުތަކަށް ބަލާއިރު ކުންފުނީގެ ދެ ފެސިލިޓީގެ ހަރަދުތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް އެބަހުރި ކަމަށެވެ. އެހެންކަމުން އޭގެ ތެރެއިން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭކަން އަޅުގަނޑުމެންނަށް އެބަ އިނގޭ.. ހާއްސަކޮށް ކޫއްޑޫއާއި، ފެލިވަރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން އަޅުގަނޑުމެން ފާހަގަކޮށްލަން.. ވަރަށް ބޮޑެތި ކަންތައްތަކެއް އަޅުގަނޑުމެން ބަދަލު ކުރަން އެބަޖެހޭ.. އެތަނުގައި ހަރަދުތައް، ފުރަތަމަ ކަމަކީ މިހާރު މިފްކޯ ހިންގުމަށް.. މިފްކޯއޭ ދަންނަވަނީ، މިފްކޯއަށް، އަދި މި ދަންނަވާ ދެ ފެސިލިޓީ، އެ ހިންގުމަށް ދާ ހަރަދު އަޅުގަނޑުމެންނަށް އެބަ ފެނޭ.. އެތައް ގުނައަކުން ކުޑަކުރެވިދާނެކަން.. އެހެންވީމަ އެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަނީ..

ސަރުކާރުގެ ވައުދާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ މިފަހުން ވަނީ މިފްކޯއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރައްވާފަ އެވެ. އެ ބަދަލު ގެންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯގެ މައްސަލަތައް ހައްލުކޮށްގެން ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަންވެސް ހާމަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: