ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލިހުގެ ތުހުމަތު، ސަރުކާރަށް: ބުރަ މަސައްކަތުން ހޮވި މެމްބަރުން، ފައިސާ ދީ ގެންދިޔައީ މޫނަށް ރުލެއް ވެސް ނާރުވާ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެމްޑީޕީގެ 13 މަޖިލިސް މެމްބަރެއް ސަރުކާރުން ގެންގިޔައީ ފައިސާގެ ރިޝްވަތު ދީގެންކަމަށް ކުރީގެ ރައީސް، އަދި އެ ޕާޓީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފަސް އަހަރު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި، މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ސޮއި ކުރީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ. ޕާޓީން ބޭއްވި ބޮޑު ޖަލްސާއެއްގައި ސޮއި ކުރި އެ މެމްބަރުންގެ މައްޗަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް ކުރާއިރު ޕީއެންސީއާ މެމްބަރުން އެ ވާހަކަ ދޮގު ކުރެ އެވެ.

މެމްބަރުން ޕީއެންސީއަށް ސޮއި ކުރީ މަޖިލިސް އިންތިހާބުގައި ވާދަނުކުރާ ގޮތަށް ނުވަތަ އެބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ބޮޑެތި މަގާމުތައް ދޭގޮތަށްކަމަށް ވެސް ތުހުމަތުތައް ކުރެވުނެވެ. އެއީ ޕާޓީއަށް ސޮއި ކުރި މެމްބަރުންގެ ތެރޭގައި، މި ސަރުކާރު އުފެދިގެން އައުމަށް ފަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މެމްބަރުން ހިމެނޭތީ އެވެ. އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު މަޖިލިސް މެމްބަރުންތައް، އެމްޑީޑީޕީ ދޫކޮށް ސަރުކާރާ ގުޅޭނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ގާތްވެފައިވާއިރު، 20 ވަނަ ދައުރަށް ވެސް ގިނަ ބަޔަކު ކުރާ ތުހުމަތަކީ މެމްބަރުން ސަރުކާރާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ އެމްޑީޕީން ދަނީ އެންޓި ޑިފެކްޝަން ގާނޫނެއް، ނުވަތަ ޕާޓީ ބަދަލު ކުރާނަމަ ގޮނޑި ގެއްލޭނެ ގާނޫނެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ކޮންމެހެން ވެސް ގެންނަން ޖެހޭ ގާނޫނެއްކަމަށް އެމްޑީޕީގެ ލީޑާޝިޕް ގަބޫލު ކުރެ އެވެ.

ކެމްޕެއިނަށް މިވަގުތު އަތޮޅުތެރޭގައި ހުންނެވި ރައީސް ސޯލިހު، ސަރުކާރުގެ ސިޔާސަތަށް ފާޑުކިއުން އަމާޒުކޮށް ވިދާޅުވީ ރައީސް މުއިއްޒު މި ތިން މަސް ދުވަހުގެ ތެރޭގައި ގާނޫނުއަަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރަމުން ދަނީ، ބާރުތަކުން އެއް ބާރު މުށުތެރެއަށް ލައި ނުފޫޒުތައް ފޯރުވުމަށްކަމަށް ތުހުމަތު ކުރައްވައި ވިދާޅުވީ ވެރިކަމަށް ވަޑައިގެން މާ ގިނަ ދުވަހެއް ނުވަނީސް އެންމެ ފުރަތަމަ ވެސް ސަރުކާރުން ކުރިކަމަކީ އެމްޑީޕީން އެތައް ބުރަ މަސައްކަތުން ހޮވާފައި ތިބި މެމްބަރުންތަކެއް ގެންދިއުން ކަމަށެވެ.

ރައީސް މުއިއްޒު ގެންދަވަނީ ޤާނޫނު އަސާސީގައި ބޮޑު އެއްބާރު ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކަނޑާލާ ބާރުތައް އަތްމައްޗަށް ނެގުމުގެ މަސައްކަތްކުރަމުން،ފައިސާ ދީގެން 12 މެންބަރަކު ނިތްކުރިއަށް ރުލެއް އަރުވާނުލާ ފެންފޮދެއްބޯލާހެން ގެންދިޔައިރު އިތުރު މެންބަރުންނަށް ވެސް ފައިސާ ހުށައެޅި

ރައީސް ސޯލިހު ވިދާޅުވީ ކުއްލި ގޮތަކަށް އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރަށް ގެންގޮސްފައި ވަނީ، ނިތްކުރިއަށް ރުލެއް ވެސް ނާރުވައިކަަމަށާއި އެކަން ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށް ސާފުކަމަށެވެ. އަދި މިހާރު ވެސް ޕާޓީގައި ދެމިތިބި މެމްބަރުންނަށް ފައިސާ ހުށަހެޅިއިރު އެއީ ރިޝްވަތުގެ ފައިސާއަށް ނަފްސު ވިއްކާލަން ދެކޮޅު ހެދި މެމްބަރުންކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަަމަށް އައުމާއި އެކު ސަރުކާރާއި އެ ޕާޓީގެ ތެރެއިން ވެސް ފެނިގެން ދިޔައީ ގަދަބާރު ދައްކަން އުޅުނު މަންޒަރު ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ޕާޓީ ވެސް އެއްކޮށް ބައިބައިވެގެން ދިޔައިރު މި ސަރުކާރުގައި ބަސް ބުނުމާއި ފާޑުކިއުމުގެ އެއްވެސް މިނިވަންކަމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހޯދައިދިން ޑިމޮކްރަސީގެ އެއްވެސް ފޮނިމީރުކަމެއް މިއަދު ނެތްކަމަށާއި، މި ވެރިކަމަށް މާ ގިނަ ދުވަހެއް ނުވަނީސް ސަރުކާރުން ވެރިމީހާ މަތީން ފޫހިވެފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވެރިކަމަށް އައުމަށް ވި އެއްވެސް ވައުދެއް ނުފުއްދާއިރު، އިދިކޮޅުގައި އޮވެ އޭރު ޕާޓީން ދައްކަމުން އައީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަން އެނގޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި ވާދަކުރައްވައި، 2023 ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ވެސް ފެށީ އެމްޑީޕީން ގެނައި ޑިމޮކްރަސީގެ ނިޒާމު ފުނޑާލުމަށް ކަމަށެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް އެތަކެއް ހައްގުތައް ކަށަވަރުކޮށްދިން ނަމަވެސް ރައީސް ސޯލިހު ތުހުމަތު ކުރެއްވި ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާ މަންޒަރު ފެންނާނެ އެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: