ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަން ދެވޭނެ: ޝަރީފް

އެއަރޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަމެއް ދެއްވާނެ: އިބްރާހީމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަމެއް ދެއްވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މި ފޯރަމުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ، އެއާޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަޝްރޫއުތަށް ކުރިއަށް ދާއިރު ހުރިހާ މަރުހަލާތެެއްގައި ވެސް ސަލަމާތީ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.

މެނޭޖިން ޑިރެކްޓަރ އަދި ސީ. އީ. އޯ އިބްރާހީމް ޝަރީފް

ކްރޮސްރޯޑުގައި ފޯރަމް ފައްޓަވައި ދެއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޑިފެންސް މުއާޒް ހަލީމްއެވެ.

ޝަރީފްގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއ،ި ކުންފުނީގެ އިސްވެރިން އަދި އެއާޕޯޓުގެ އެމަޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

އެމ.ްއ.ޭސ.ީއެލގެ އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއެންސ ފޯރަމް

މި ފޯރަމުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަށް ތައްޔާރުވުމާއި އަދި އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތް ކުރުމެވެ. އަދި މި ފޯރަމުގައި ސެކުއުރިޓީއާއި ކުއްލި ޙާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާއި ބެހޭގޮތުން އެ މުއައްސަސާތަކުން މައުލޫމާތު ހުށައަޅައި ދޭނެއެވެ.

މިނިސްޓަރ އަލީ އާރިފް

”އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024“ އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލަމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެމ.ްއ.ޭސ.ީއެލްއިން ބޭއްވި ފުރަތަމަ ފޯރަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: