ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީތަކުގެ މައްސަލައިގައި އާންމުންގެ ބޮޑު ކަންބޮޑުވުން: މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް!

ޓްރާންސްޕޯޓު މިނިސްޓަރު އަމީން ކެބިނެޓްގެ ބައްދަލުވުމަކަށް ވަދެވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ގަވާއިދާ ހިލާފަށް ހިދުމަތް ދެމުން އަންނަ ޓެކްސީތަކާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފަށައިފިއެވެ.

މިކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު ”ސަންގާއި“ ހިއްސާ ކުރައްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ މިއީ ހައްލުނުވެ އޮތް ގިނަ ދުވަސްވީ މައްސަލައެއްކަމަށެވެ. މިކަމާއި ގުޅިގެން ހުށައެޅޭ ޝަކުވާތައްވެސް ވަރަށް ގިނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ އަނެއްކާވެސް އިތުރަށް ގޯސްވެ، ކަންބޮޑުވުންތައް ހުށައެޅެމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިންނަށްވެސް ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި، މިނިސްޓްރީ އާއި ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިމާވާ މައްސަލައަކީ، އެ ކިއުގައި އައިސް ޓެކްސީތައް ނޫނީ ވޭންތައް މީހުންނަށް ހިދުމަތްދޭން ތިބޭ ފަރާތްތަކުން، އެބޭފުޅުނަށް އެ ކިއު ލައިނުން އެ ހިދުމަތް ނުލިބެނީ. ކިއު ލައިނުން ހިދުމަތް ނުލިބޭ ގޮތަކީ އެ ޑްރައިވަރުން، އެ ހިދުމަތް ދޭން ގޮސް ތިބޭ މީހުން މި ނިންމަނީ ކޮންތާކަށްތޯ ދާނީ، ނޫނިއްޔާ ލަގެޖު ހުރިއްޔާތޯ އަރުވާނީ.

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކިއުއެއް އޮތް ނަމަވެސް ކިއުއިން ބޭނުންވާ ހިދުމަތް ނުލިބޭކަމަށެވެ. އަދި ހިދުމަތް ދޭ ފަރާތުން ހިދުމަތް ދިނުމަށް އެއްބަސްވަނީ ވަކި ޝަރުތުތަކެއް ހަމަވާނަކަމަށް ވިދާޅުވިއެވެ. އެއާޕޯޓުގެ ހިދުމަތް ދޭއިރު، އެތަނުގައި ޓެކްސީގެ ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމްތައް ބައްޓަން ކުރުމަކީވެސް މިނިސްޓްރީގެ ޒިންމާއެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އިސްލާހީ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މި މައްސަލައަށް ހައްލު ނުލިބޭނެކަމަށެވެ.

އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ފީތައް ފެންނާނެ ބޯޑުތަށް ހަރުކޮށްފައިވާނެކަމަށްވެސް ވިދާޅުވިއެވެ. ޓެކްސީ ލައިންތަކުގެ ބޭފުޅުންނާއިއެކުވެސް މަޝްވަރާ ކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށް، މައްސަލަ ދިމާވާ ބޭފުޅުންގެ މައްސަލަަ އަޑު އެހުމަށްތަކައި ކިއު އާރު ކޯޑެއްވެސް އިންޓްރޮޑިއުސްކޮށްފައި  އާންމުކުރިން، އެކަމަކުވެސް މީގެ ހަގީގަތަކީ މިއަކަށް ހައްލެއް ނުލިބުނު.

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީއިން އެޅި ބައެއް ފިޔަވަޅުތަކާއިއެކުވެސް މައްސަލައަށް ހައްލެއް ނުލިބުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސީދާ ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހިދުމަތްދޭ ޓެކްސީތަކާއިމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުން މިނިސްޓްރީގެ ފަރާތުން މި މައްސަލައިގައި ނެރުން ބަޔާނުގައި ބުނީ، ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. ވަކި މަންޒިލަކަށް ނޫނީ ދަތުރު ނުކުރާކަމަށާއި، އަދި ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރާކަމުގެ ޝަކުވާވެސް ލިބެމުންދާކަމަށް މިނިސްޓްރީއިން ބުނިއެވެ. ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރީއިން ބުނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް، ޝަކުވާ ހުށައެޅުމަށް ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާކަމަށެވެ. އަދި ބައެއް ކަންކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީއިން ހާމަކުރި ގޮތުގައި ޓްކެސީ ޑްރައިވަރުންނާއި ގުޅޭ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އެމްއޭސީއެލްގެ އެމްޑީ ހިމެނޭގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އިއްޔެ އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާކަމަށް މިނިސްޓަރީއިން ބުނިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: