ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންގީ ހުމުގެ ޖުމްލަ 660 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

ރޯގާޖެހި ހުން އައިސްގެން އަންނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް މީގެ ކުރިން ގާއިމު ކުރި ފްލޫ ކްލިނިކްއެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗު މަހުގެ 21 އިން ފެށިގެން މިއަދާއި ހަމައަށް ޑެންގީ ހުމުގެ ޖުމްލަ 660 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ ހާމަކޮށްފި އެވެ.

އެޗްޕީއޭ ހާމަކުރި ތަފާތު ހިސާބު ތަކުން ދައްކާގޮތުގައި އޭޕްރީލް މަހު 28 އިން ފެށިގެން 4 މެއި އާއި ހަމައަށް ޑެންގީ ހުމުގެ ޖުމްލަ 40 ކޭސް ވަނީ ފެނިފައެވެ.

މި އަހަރުގެ ތަފާސް ހިސާބުތަކަށް ބާލާއިރު ޖެނުއަރީ މަހު 146، ފެބްރއަރީ 116، މާރްޗު 119، އޭޕްރީލް 239، އަދި މެއި މަހު 40 ކޭސް ވަނީ ފެނިފައިފައެވެ. މި އަހަރު މިއަދާއި ހަމައަށް ޖުމްލަ 660 ވަނީ ފެނިފައެވެ. އަދި 189 ކޭސް އާއި އެކު އެންމެ ގިނައިން މި ބަލި ފެނިފައިވަނީ މާލެ އާއި ހުޅުމާލެއިންނެވެ.

ޑެންގީ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށް ފަހު ބަލި ނުޖެހޭ މީހެއްގެ ގައިގައި މަދިރި ހަފައިފިނަމަ ބަލި ނުޖެހި ހުރި މީހާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލްވެއެވެ. އަދި މި ބަލި ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ގައިން ވަރު ދެރަވުން، ހުން އައުން، މޭނުބައިކޮށް ހޮޑުލެވުން އަދި ބޮލުގަ ރިއްސުން ހިމެނެއެވެ.

މީގެ އިތުރުން ޗިކެންގުންޔާގެ ބަލީގައި ޖުމްލަ 240 ކޭސް މިހާތަނަށް ފެނިފައިއެވެ. މިބަލި އެންމެ ގިނައިން ފެނިފައިވަނީ އޭޕްރީލް މަހު އެވެ. އެއީ ޖުމްލަ 117 ކޭސް އެވެ. އަދި 193 ކޭސް އާއި އެކު އެންމެ ގިނައިން މި ބަލި މިހާތަނަށް ފެނިފައިވަނީ މާލެ އިންނެވެ.

ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ އިން މަތިން ހުން ގަދަވުން، ގަދައަށް ބޮލާއި ގައިގައި ރިއްސުން، ހުޅުހުޅު ދުޅަވުން، ހުޅުހުޅުގައި ރިއްސުން އަދި ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: