ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ތަރުތީބުވާނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ވިސްނުމަށް: ސައުދާ

ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރު ފާތިމަތު ސައުދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިލަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ފާތިމަތު ސައުދާ މަޖިލީހުގެ ރައީސްކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ހިންގަމުން ދާ ކެމްޕެއިން އެކައުންޓާއި އެއްވެސް ގުޅުމެއް ނެތްކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ މެމްބަރު ސައުދާއަކީ، ރައސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ.

ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި، ސައުދާ މަޖިލިސް ރައީސަކަށް ގެނައުމަށް ކެމްޕެއިން ކުރާތާ ގިނަ ދުވަސްވެއްޖެ އެވެ. އަދި ސޯޝަލް މީޑިއާގައި އެކަމަށް ހާއްސަކޮށް ހިންގަމުން އަންނަ އެކައުންޓާއި އެއްވެސް ގުޅުމެއް ނެތްކަމަށް ހާމަކުރައްވައި ސައުދާ ވިދާޅުވީ އޭނާއާއި ގުޅުވައި އެ އެކައުންޓު ނުހިންގުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.

ސައުދާ ވިދާޅުވީ މަޖިލިސް ތެރޭގައި އޭނާގެ މަސައްކަތް ތަރުތީބުވާނީ ޕާޓީގެ ލީޑާޝިޕްގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުން މި މަހުގެ 28 ގައި ހުވާ ކުރައްވާނެ އެވެ. އަދި މެމްބަރުން ހުވާ ކުރެއްވުމުގެ ކުރިޔަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް ސަރުކާރުގެ މައި ޕާޓީން މަޖިލިސް ރައީސާއި، ނައިބު ރައީސް އަދި ޕީޖީ ލީޑަރު އޭގެ ކުރިޔަށް ކަނޑައަޅާނެކަމަށް ބެލެވެ އެވެ. މަގާމުތަކަށް ގެންނާނެ ބޭފުޅުންނާއި ގުޅޭގޮތުން މިހާތަނަށް ޕީޕީއެމް/ޕީއެންސީ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަޖިލީހުގެ ރައީސްކަމަށް އަންނާނެކަމަށް ދެން ބެލެވޭ އަނެއް ބޭފުޅަކީ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް ނުވަތަ، ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: