ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފެނުގެ މައްސަލަ؛ އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑަށް ސަޕްލައި ނުކުރެވުން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ފެނުގެ މައްސަލައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވި ގިނަ ދުވަސްވެފައި ހުރި މަރާމާތު ނުކުރާ މެޝިނަރީސްތައް ހުރުންކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ފެނުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މުއާޒް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުން ކަމަށެވެ. އަދި ހުންނަން ޖެހޭ މިންވަރަށް ސްޓޯރޭޖް ކެޕޭސިޓީ ވެސް ނެތްކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ، މަރާމާތެއްގެ މަސައްކަތަށް ހުއްޓާލަން ޖެހޭ ހާލަތެއްގައި ތިން ގަޑިއިރުގެ ތެރޭގައި ފެން ހުސްވާކަމަށެވެ.

މިއީ އަމިއްލައިން ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓަކަށް ވުރެ، ބޮޑު މަޝްރޫއުއެއްކަމުން ކޮންސްޓްރަކްޝަން މިނިސްޓްރީން 283 މިލިއަން ރުފިޔާއަށް ފެން ޕްލާންޓުތައް އަޕްގްރޭޓުކޮށް، ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް އެއްބަސްވުމަކަށް އައީކަމަށް މުއާޒް ވިދާޅުވި އެވެ.

އެހެންވީމަ ސްޓޯރޭޖް ކެޕޭސިޓީ ގާއިމު ކުރެވިގެން ދިއުމުން، އައްޑޫގެ ފެނުގެ މައްސަލަ ހަމަ އެއްކޮށް ހައްލު ވެގެން ދާނެ…

އައްޑުއަށް ބޭނުންވާ މިންވަރަށް ފެން ފޯރުކޮށް ނުދެވެނީ ކޮންމެވެސް އެއް މައްސަލައެއްގެ ސަބަބުންކަން ގަބޫލު ކުރާކަމަށާއި އެހެންކަމުން ކުންފުނިން ކުރަމުން ދަނީ އެކަން ހައްލު ކުރުމުގެ މަސައްކަތްކަމަށް މުއާޒް ވިދާޅުވި އެވެ. އެކަމަކު ހިދުމަތް މެދުކެނޑި މަސް ދުވަސް ވެގެން ގޮސްފައި ނުވާކަމަށާއި، ޕްރެޝަރު ދަށްވަނީ ތޯ ނުވަތަ ދިމާވަނީ އެހެން މައްސަލައެއްތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.

މުއާޒް ވިދާޅުވީ ޑިމާންޑަށް ފެން ފޯރުކޮށްދޭން މަސައްކަތް ކުރުމުން މެޝިނަރީސްތަކަށް ވެސް އޭގެ ބާރު ވަރަށް ބޮޑަށް ކުރާކަމަށެވެ. އަދި މެޝިނެރީސްތައް ވެސް ހުރީ ރަނގަޅު ހާލަތެއްގައި ނޫންކަމަށާއި މިއީ އަލަކަށް ދިމާވި މައްސަލައެއް ނޫންކަމަށް މުއާޒް ވިދާޅުވި އެވެ.

އައު އިކުއިޕްމެންޓުތައް ގެންގޮސް މައްސަލަ ހައްލު ކުރުމުން މިދިޔަ  05 ވަރަކަށް އަހަރުގެ ތެރޭގައި އެއްވެސް މަސައްކަތްތަކެއް ކުރެވިފައިވޭތޯ ސުވާލު ކުރުމުން މުއާޒް ވިދާޅުވީ އޭނާގެ ނަޒަރުގައި އެ ނިޔަތެއް ކުރީގެ ވެރިންގެ ނެތެވެ.

އައްޑޫގެ ފެނުގެ މައްސަލައިގައި ފެނަކައިން ބުނެފައި ވަނީ، ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަޕްގްރޭޓިން ޕްރޮޖްކެޓެއް އެމްޑަބްލިއުސްސީއަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން، ފެނުނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

ފެނަކައިން ބުނެފައި ވަނީ އައްޑޫގެ އާބާދީ ބޮޑުވުމުން، އެ ކުންފުނިން އުފައްދާ ފެން ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. ފެނުގެ ނިޒާމު އަޕްގްރޭޓު ކުރަން، ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޓު ކުރުމުގެ މަޝްރޫއު ނިމުމުންކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: