ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

29 ވަނަ ޕްރިޒަން އޮފިސަރުންގެ ތަމްރީނު ޕޮރޮގުރާމް ފަށައިފި

29 ވަނަ ޕްރިޒަން އޮފިސަރުންގެ ތަމްރީނު ޕޮރޮގުރާމް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރިޒަން އޮފިސަރުންގެ 29 ވަނަ އަސާސީ ތަމްރީނު ޕްރޮގުރާމް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންގޮސްފައި ވަނީ މާފުށި ޖަލުގައެވެ. އަދި މި ތަމްރީނު ޕްރޮގުރާމް ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ޢާޞިފް އެވެ. މި ޕްރޮގުރާމްއަކީ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނު އުގަންނައި ދިނުމާއި މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށްގެން ކުރިއަށްދާ ޕްރޮގުރާމް ތަކެކެވެ.

މި ރަސްމިއްޔާތުގައި އައިކޯސްޓްގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުލް ޣަނީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އާއި ޖަލުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުންނާއި އީ.އެސް.ޖީގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު އަބްދުލް ވައްޙާބު މުޙައްމަދާއި ކޮމިޝަންޑް އޮފިސަރުން އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 42 އޮފިސަރުން ބައިވެރިވަޑައިގެންނެވި އެވެ. އެއީ 26 ފިރިހެން ޕްރިޒަން އޮފިސަރުންނާއި 16 އަންހެން ޕްރިޒަން އޮފިސަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: