ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކުރަނގި“ ޕްރޮގްރާމަކީ ގަވައިދާ ޙިލާފަށް އުޅޭ ބިދޭސީންނަށް ދިއްކޮށްލި ސުލްހައިގެ އަތެއް: ސިއްދީގު

ހޯމް ސެކްޓާގެ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މަސައްކަތްތެރިން އެކައުންޓް ކުރުމުގެ ޕްރޮގުރާމް“ ކުރަނގި“ އަކީ ގަވައިދާ ޙިލާފަށް އުޅޭ މީހުންނަށް ދިއްކޮށްލި ސުލްހައިގެ އަތެއް ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ސިއްދީގު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން އެކައުންޓް ކުރުމުގެ ޕްރޮގުރާމް އަކީ ގަވައިދާ ޙިލާފަށް އުޅޭ މީހުންނަށް ދިއްކޮށްލި ސުލްހައިގެ އަތެއް ކަމަށެވެ.

ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ލިޔެކިޔުންތައް މަދު މީހުން ހޯދައި އެ މަސައްކަތްތެރިން ގަވައިދުގެ ތެރެއަށް ވެއްދޭނެ މަގެއް ކޮށުމެށެވެ.

ސިއްދީގު ވިދާޅުވީ މި ޕްރޮގުރާމް ހިނގުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ އެކި ރައްރަށުގައި ވެސް ގަވައިދާ ޙިލާފަށް ދިރިއުޅޭ ބިދޭސީން ހިމެނޭ ގޮތަށް ކަމަށެވެ. އަދި މި ޕްރޮގުރާމްގައި އެއްވެސް ބިދޭސީއަކު ހައްޔަރު ކުރުމުގެ އުސޫލެއް ނޯއްނާނެ ކަމަށާއި އަދި މި ޕްރޮގުރާމް ހިނގުމަށް ހަމަޖެހިފައިވަނީ ދިވެހި ރާއްޖޭގެ ފުލުސް އޮފީސް، އިމިގުރޭޝަން އަދި ހޯމްލޭންޑް ސެކިއުރިޓީ އައި ގުޅިގެން ކަމަށް ސިއްދީގުގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މި ޕްރޮގުރާމްގައި ރައްޔިތުންނަށް ސުލްހަވެރިކަން ގާއިމު ކުރުމުގެ ގޮތުން ފުލުހުންނާއި އަދި އިމިގުރޭޝަންގެ ފަރާތާކުން އުޅުއްވާނީ އާދައިގެ ހެދުމުގައި ކަމަށް ސިއްދީގު ވިދާޅު ވިއެވެ. އަދި ވޯކްޕާމިޓް ނެތް ނަމަވެސް ބިދޭސީން ހައްޔަރު ކުރުމެއް ނޯނެކަމަށާއި ބިދޭސީ ރާއްޖެ ގެނައީ ކޮން ފަރާތަކުންކަން ކަށަވަރު ކުރެވިގެން ދާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް އޮޕަރޭޝަން ”ކުރަނގި“ގެ ނަމުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ވަޒީރު އިހްސާން ވިދާޅުވި ގޮތުގައި، އޮޕަރޭޝަންގެ ދަށުން ބަޔޮމެޓިކް ދާޓާގެ އެކްސެސް މިވަގުތު އޮންނާނީ ފުލުހުންނާއި އިމިގްރޭޝަން އަދި ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަށްރަށަށް އަރާ ބިދޭސީން ދެނެގަތުމަށްޓަކައި ރަށްރަށުގެ ކައުންސިލް ތަކަށް ލިމިޓެޑް އެކްސެސް ދެއްވާނެ ކަމަށެވެ.

މިހާރު ސޮފްޓްވެއަރ ޑިވެލޮޕް ކުރެވެމުން މިދަނީ.. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ އަމާޒަކީ، ފޯނުގެ ޒަރީއާއިން ބިދޭސީއެއްގެ ފޮޓޯ ނަގާލީމަ.. އެމީހާއާ ބެހޭ މައުލޫމާތު އެ އިދާރާތަކަށް ލިބުން.. މިހާރު މި ކުރެވޭ މަސައްކަތުގެ އެންޑް ރިޒަލްޓަކަށް ވާނީ އެވަރަށް ކައުންސިލްތަކާ ފުލުހުން އެމްޕަވަރ ކުރުން… މާނައަކީ ރައްރަށުގައި ކައުންސިލަރަކު، ދޯންޏެއް އައިސް ރަށަށް ކައިރި ކޮށްލީމާ އޭގެން ފައިބާ ބިދޭސީން.. އޭނާގެ ފޮޓޯއެއް ނަގާލީމައި ސިސްޓަމުން ގާތްގަނޑަކަށް ތިރީހަކަށް ސުކުންތު ތެރޭގައި ރެސްޕޮންސް ލިބޭނެ އެންމެ ލަސްވެގެންވެސް..އެއީ ކާކުތޯ ކޮން ކުންފުންޏެއްގެ ދަށުން ރާއްޖެ އެތެރެވި މީހެއްތޯ.. މިހާރު އޭނާ ހުރީ ގަވާއިދާ އެއްގޮތަށްތޯ.. ގަވާއިދާ ޚިލާފަށްތޯ..

މި ބަދަލުގެ ސަބަބުން އެ މައުލޫމާތުތައް ލިބުމުން އެ ބިދޭސީ މީހާގެ މައްސަލަ ރިޕޯޓް ކުރަންޖެހޭ ނަމަ އެކަން ކައުންސިލަށް އެނގޭނެ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި މައުލޫމާތު ނެގުމުގެ މަސައްކަތް ކުރުމަށްފަހު، އޭގެ އަނެއް ދެ އަހަރު، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އިހްސާން ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: