ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިއްޒުންދީން ފާލަން“ ވެގެންދާނީ ދިވެހިންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒްކޮށްދޭ ތަނަކަށް: އެމްޓީސީސީ

"އިއްޒުންދީން ފާލަން" ވެގެންދާނީ ދިވެހިންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒްކޮށްދޭ ތަނަކަށް: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

”ޢިއްޒުއްދީން ފާލަން“ ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިގެންދާއިރު އެ ފާލަން ވެގެންދާނީ ދިވެހިންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ތަނަކަށް ކަމަށް އެ މަޝްރޫއުގެ ކުރާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނެޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނެފިއެވެ.

”ޢިއްޒުއްދީން ފާލަން“ އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާއިރު މި މަޝްރޫއުއަކީ 11.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރަށްވާ ޢިއްޒުއްދީން ފާލަމަކ،ީ ޖުމްހޫރިއްޔާގެ ޢިއްޒަތާއ،ި ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީ އެމްޓީސީސީ ކަން ފާހަގަ ކޮށްލެވެއެވެ. 

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނަވެ، މަރާމާތު ކުރަން ޖެހިފައެވެ. އެގޮތުން އަލުން ތަރައްޤީކުރެވޭ ރަސްމީ ފާލަމަކީ ދިވެހީންގެ ޤައުމިއްޔަތާއި، ސަގާފަތް ރަމަޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މި މަޝްރޫއު 270 ދުވަސް ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ވޭތުވެދިޔަ 43 އަހަރު ތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: