މިދިޔަ ފަސް އަހަރު ތެރޭ 9،940 ފަތުރުވެރިން އިމިގުރޭޝަނުން ވިސާ ނުލިބި ފޮނުވާލި ކަމަށް މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ދިިވެހިރާއްޖެ ފަތުރުވެރިން ގޮތުގައި ޒިޔާރަތް ކުރާ ފަރާތްތައް ޓޫރިސްޓް ފުރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް އެލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހިދުމަތް ތައާރަފް ކުރުމަށް ހުށައެޅި ގަރާރަށް ބަހުސް ކުރައްވަމުން ހައިތަމް ވިދާޅުވީ، ރާއްޖެއިން އޮން އެރައިވަލް ވިސާގައި އެތެރެވުމަށް އަންނަ ބައެއް ފަރާތްތަކަށް އެކި ސަބަބު ތަކާއި ހުރެ ވިސާ ނުލިބި އަބުރާ ދާން ޖެހޭ ހާލަތްތަށް މެދުވެރި ވާ ކަމަށެވެ.
ހައިތަމް ވިދާޅުވީ، މި ހިނގާ އަހަރު ދެލައްކަ ދެމިލލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވާއިރު ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ވަގުތު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާ ހޯދޭނެ ހަމައެކަނި ގޮތަކީ އޮން އަރައިވަލް ވިސާ ހޯދުން ކަމަށްވާއިރު އެ ފަރާތްތަކުން ރާއްޖެއަށް އައުމަށް ފަހު އޮންއެރައިވަލް ވިސާ ހޯދުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ޝަކުވާ މިހާރުވެސް ލިބެމުންދާކަން ފާހަގަކުރެއްވި އެވެ.
ހައިތަމް ވިދާޅުވީ އެކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށާއި ރާއްޖެއިން އޮންއެރައިވަލް ވިސާ ގައި އެތެރެވުމަށް އަންނަ ބައެއް ފަރާތްތަކަށް އެކި އެކި ސަބަބު ތަކާއި ހުރެ ވިސާ ނުލިބި އަބުރާ ދާން ޖެހުމުގެ ސަބަބުން އެ ފާރާތްތަކަށް ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
މި ވަގުތު ދިވެހިރާއޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާ ހޯއްދެން ހަމައެކަނި ގޮތަކީ އޮން އަރައިވަލް ވިސާ ހޯދުން ކަމަށް ވާތީ އަދި އެ ފަރާއްތަކުން ރާއްޖެއަށް އައުމަށް ފަހު އޮންއެރައިވަލް ވިސާ ހޯދެއްވުމަށް ގިން ވަގުތު ތަކެއް ހޭދަކުރަން ޖެހުމުގެ ޝަކުވާ މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން ފާޅު ކުރަމުން ދާއިރު އަދި އެކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައި ނުވާ ހިނދު އަދި ރާއްޖެއިން އޮންއެރައިވަލް ވިސާ ގައި އެތެރެވުމަށް އަންނަ ބައެއް ފަރާތްތަކަށް އެކި އެކި ސަބަބު ތަކާއި ހުރެ ވިސާ ނުލިބި އަބުރާ ދާން ޖެހޭ ހާލަތަކަށް މެދުވެރިވުމުގެ ސަބަބުން އެ ފާރާތްތަކަށް ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ފާހަގަކުރެވިފައިވާ ހިނދު އަދި ވޭތުވެދިޔަ 5 އަހަރު ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ނުވަހާސް ނުވަސަތޭކަ ސާޅިސް މީހުން ވަނީ އެކި ސަބަބުތަކާއި ހުރެ ދިވެހިރާއޖެއަށް އިމިގުރޭޝަނުން، ދިވެހިރާއޖެއަށް އެތެރެ ވުމަށް އެދޭ ހުއްދަ ، ނުވަތަ ވިސާ ނުލިބި ފޮނުވާ ލެވިފަވެ
ހައިތަމް ވިދާޅުވީ އޮންއެރައިވަލް ޕްރީ އެޕްރޫވް ވިސާ ނުވަތަ އެލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ހިދުމަތް ރަނގަޅު ކުރުމަށް މުހިންމުވާ އެއް ސަބަބަކީ 400 ފަތުރުވެރިން ދަތުރު ކުރާ ފްލައިޓެއްގައި އެކަކުގެ މައްސަލަ ޖެހިގެން ކިއު ބާރު ވެގެން ދާދިއުން ހުއްޓެވުން ކަމަށެވެ.
މީގެއިތުރުން ބަހުސް މަރުހަލާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ރާއްޖެ އަންނަ މީހުންނަކީ ކޮން ގޮތަކަށް ކިހިނެއް އަންނަ ބައެއްތޯ އިލެކްޓްރޯނިކް އޮތޮރައިޒޭޝަންގެ ދަށުން ބެލެހެއްޓޭ ނަމަ ޕްރީ އެޕްރޫވަލް ވިސާ ދިނުމަކީ މައްސަލައެއް ނޫންކަމަށެވެ.
ރާއްޖޭގެ އިޤްތިސާދު ބިނާ ވަނީ ޓޫރިޒަމް ސިނާއަތުގެ މައްޗަށް ކަމަށާއި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ލުއި ފަސޭހަ ގޮތްތައް ހޯދައިދޭން ޖެހޭނެކަމަށް އަފީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އިޤްތިސާދު ބޮޑަށް ބަރޯސާ މިވަނީ ޓޫރިޒަމްއަށް.. އިޤްތިސާދުގެ ގާތްގަނޑަކަށް 80 ޕަސެންޓު މީ ޓޫރިޒަމުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއިން އަޅުގަނޑުމެންގެ އިޤްތިސާދު މި ހިފެހެއްޓެނީ.
ކޮންމެ ގައުމެއްގައިވެސް ގަވައިދު ތަކެއް އޮންނާނެ ކަމަށާއި ބައެއް ގައުމުތަކުގައި 6 މަސް ދުވަހުގެ ޕާސްޕޯޓް ނެތި އެގައުމަކަށް އެތެރެ ނުވެވޭކަން އަފީފްގެ ވާހަކައިގައިވަނީ ފާހަގަކޮށްފައެވެ.

