ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދެއްވާ ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސް ދެއްވާ ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ ”ސްކޮލަރޝިޕް 2023″އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝޮޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް ހައި އެޗީވަރސް ސްކޮލަރޝިޕް އުސޫލުގެ ދަށުން ފުރުސަތު ދެވޭނީ،  މިނިސްޓްރީގެ ވެބްސައިޓްގައި “ ނޭޝަނަލް ނީޑްސް ލިސްޓް“ ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށެވެ.

ސްކޮލަރޝިޕްއާއި ބެހޭ އުސޫލުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ފަރާތުން ކިޔެވުމުގެ ޙަރަދު ހަމަޖައްސައި ދޭނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ސްކޮލަރޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:

  1. ދިވެހިރާއްޖޭގެ ސްކޫލު/ މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ޘާނަވީ އިމްތިޙާން ހެދި ދަރިވަރަކަށް ވުން.
  2. 2.1 ދިވެހިރާއްޖޭގެ ސްކޫލު/ މަދަރުސާއަކުން 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރެއްނަމަ: ”އިސްލާމް“ އާއި ”ދިވެހި“ ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން،
  3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ”ސީ“ އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން
  4. ދިވެހި ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު ޝަހާދާ ޘާނަވީ އިމްތިޙާން ހެދި ދަރިވަރެއް ނަމަ: ޝަހާދާ ޘާނަވީ އިމްތިހާނުން ފައިނަލް އެވްރެޖް ގައި ”*A“ ފާހެއް ހޯދާފައިވުން،
  5. އެޗް.އެސް.ސީ ދިވެހި މާއްދާއިން ”*A“ ފާހެއް ހޯދާފައިވުމުގެ އިތުރުން ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ”ސީ“ އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ނުވަތަ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އިން ޝަހާދާ ޘާނަވީ އިމްތިހާނުން 1 ވަނަ ޙާޞިލު ކޮށްފައި ވުން

މި ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ 31 ޖުލައި ވާ ބުދަ ދުވަހުގެ 13:30ގެ ކުރިންނެވެ. ޝަރުތު ހަމަވާ ދަރިވަރުން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިޔުންތަށް ހުށައެލޭނެއެވެ. މި ސްކޮލަރްޝިޕް އުސޫލު އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހަފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަމަށް ސަމާލުވެވުމަށް މިނިސްޓްރީ ވަނީ އިއުތިމާޒުކޮށްފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: