ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓްމަންޓަކުން މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި އެވެ. އެ އެޕާޓްމެޓްއިން ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ފެނުނު އިރު ހަށިގަނޑު އޮތީ ކުނިވެފައި ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
މީގެ އިތުރުން އެ މީހާ މަރުވެފައި އޮތް އެޕާޓް މެންޓަކީ މީހުން ދިރިނޫޅޭ އެޕާޓްމެންޓެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރާއްޖޭގައި ޕޯސްޓުމޯޓަމް ހެދުމަށް ހަށިގަނޑުތަށް ގެންދަނީ އިންޑިއާއަށެވެ.

