ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ތިން މީހުންނާއި އެކު ދަތުރު ކުރި ދޯނި އެއް ހޯދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ތިލަފުށިން ރިޒޯޓަކަަށް ދަތުރުކުރަމުންދިޔަ “ AAA-37 “ ދޯނި ޙަބަރު ނުވެގެން އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މެއި 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ އެ ދޯނި ޙަބަރެއް ނުލިބިގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ އެ ދުވަހުގެ 17:20 ހާއިރު ކަމަށެވެ. އެއާއެކު އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރި ވަމުން ނެވެ.

މި ދޯނީގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ނަންބަރ 191 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމްކަމަށް ވުމާއެކު ވިއްސާރަވެ ކަނޑު ގަދަވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެންމެހާ ރައްޔިތުން އެކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: