ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅ. އަތޮޅުގެ ފަޅު ރަށަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި

ޅ. އަތޮޅުގެ ފަޅު ރަށަކުން ގިނަ އަދަދެއްގެ ބަނގުރާ ތަކެތި ހޯދައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. އަތޮޅުގެ ފަޅު ރަށަކުން ގިނަ އަދަދެއްގެ ބަނގުރާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ހާމަކޮށްފިއެވެ.

ޅ. އަތުޅު ގާފަރުގައި ބަނގުރާ ވަޅުލައިފައި ހުރިކަމަށް ހިންންވަރު ޕޮލިސް ސްޓޭޝަން އަށް މައުލޫމާތު ލިބުމާއި ގުޅިގެން އެ ރަށުގައި ވަނީ އޮޕަރޭޝަން ތަކެއް ހިނގާފަައެވެ. އަދި  މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

މި އޮޕަރޭޝަން 19 މެއި ގައި ކުރިއަށް ގެންގޮސް ފައިވާއިރު، ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލާ ފާސްކުރުމުގެ ތެރެއިން ވަނީ 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައެވެ. މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން އެވެ. އަދި މި މައްސަލައިގައި އެެއްވެސް ބަޔަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށް ފައެވެ.

މީގެ އިތުރުން މިއަދުގެ ވަތުތެއްގައި ހިންނަވަރުގައި ވަނީ އިތުރު އޮޕަރޭޝަން ތަކެއް ކުރިއަށް ގެންގޮސް ފައެވެ. މި އޮޕަރޭޝަނުގައި ހިންނަވަރުގެ 37 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ހާމަ ކޮށްފައެވެ.

މި މައްސަލައިގައި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަން ޕޮލިސް މީޑިއާއިން ވަނީ ހާމަކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: