ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމް އަކީ ކުށްވެރިއެއް ގޮތަށް ސިފަކުރުން ކްރިމިނަލް ކޯޓުން މަނާކޮށް އަމުރެއް ނެރެފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުށްވެރިއެއް ގޮތަށް ސިފަކުރުން ކްރިމިނަލް ކޯޓުން މަނާކޮށްފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ނިއުސްލެޓާ، ”އުންސުރު“ ގެ މިދިޔަ މަހުގެ އަދަދުގައި އެފްއޭއެމްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ލިޔުމެއް ޝާއިއުކޮށްފައިވެ އެވެ. އޭގައި، ބައްސާމް ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބުނު 12 މިލިއަން ޑޮލަރު (191 މިިލިއަން ރުފިޔާ) ގެ ބޮޑުބައެއް އޭނާގެ އަމިއްލަ ބޭނުމަށް ބޭނުން ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ފަރާތުން ވަނީ އެފަދަ ލިޔުންތައް ޝާއިއުކުރުން މަނާކޮށްދިނުމަށް އެދިފަ އެވެ.

އެއަަށްފަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހައްގުތައް ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާ އޮތް އެއްވެސް ފަރާތަކުން ބައްސާމަކީ ކުށްވެރިއެއް ކަމަށް ކަނޑައެޅޭ ގޮތަށް އެއްވެސް ވާހަކައެއް އަދި ހިޔާލެއް ނުލިޔުމަށް އަމުރު ކުރާ ކަމަށެވެ.

”ޖިނާއީ ކުށެއް ކުރި ކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއްކަމުގައިވާތީ، ބައްސާމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައު ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީއިން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކޮށް، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ.“

ބައްސާމްގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އޭނާގެ ޕާސްޕޯޓު ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހިފަހައްޓަން ކޯޓުން ވަގުތީ އަމުރެއް ނެރެގެން ހިފަހައްޓައިފަ އެވެ. ބައްސާމް ފިލައިގެން ދިޔުމުގެ އިހުތިމާލު އޮތްކަމަށްބަލައި ދައުލަތުން އެދިގެން ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްދީފަ އެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާ އިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އައިޖީ.އެމް،.އެޗް ނަފުސާނީ ޑޮކްޓަރުން ފެންވަރަކީ ތިއީ؟ ދާކޮންމެއް މީހަކަށް ބެލުމެއް ނެތި އެސެސްމަންޓަށް ނަހަދާ، ނަފްސާނީ ބަލި މީހެއްގެ ގޮތުގައި ލޭބަލްކޮށް ބޭސްކާދީ އެމީހުންގެ މަޤާއި ކުރިއުމަށްޓަކައި ޕޭޝިއަންޓުން އިތުރުކުރުމަށްޓަކއި ހިންގާ ބޮޑު ޖަރީމާއެއް. މިކަން ބަލާނެ ސަރުކާރެއް އަދި އިންސާފަށް ނުލިބިފައި އެތައް ބަޔަކު މިރާއްޖޭގެ އެބައުޅޭ. ރިޝްވަތު ނަގައިގެން، ބޮޑެތި ކުށް ކުރާ މީހުން ސަލާމަށް ކުރުމުގައި މިފަދަ ޑޮކުޓަރުން އަޑީގައި ތިބިކަން ފާހަގަކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: