ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުންޏަކަށް ޑޮލަރު ގަންނަން ހަވާލުކުރުމުން، ފައިސާ އަނބުރާ ނުދިން މައްސަލައެއްގައި މީހަކު ޖަލަށް

ބްލެކް މާކެޓުގައި ބަޔަކު ޑޮލަރު ވިއްކަނީ: ބްލެކް މާކެޓުގައި ބިދޭސީން ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުންޏަށް ރާއްޖެއިން ބޭރުން މުދާ ހޯދުމަށް ޑޮލަރު ގަންނަން ހަވާލުކުރި ފައިސާއަށް ޑޮލަރު ހޯދުމަށްފަހު، އެ ޑޮލަރު އަދި ދިވެހި ރުފިޔާ ވެސް އަނބުރާ ރައްދުނުކުރި މައްސަލައެއްގައި މީހަކު އެއް އަހާރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު، އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ހޯދަން އެ ކުންފުނީގެ އެކައުންޓުން މ. އައްސިދަ، މުހައްމަދު ސައީދުގެ އެކައުންޓަށް 203،500ރ. ފޮނުވުމުން އެ ފައިސާއަށް ވާ ޑޮލަރު ހޯދުމަށްފަހު، ޑޮލަރު ހަވާލުނުކޮށް، އޭނާގެ އެކައުންޓަށް ޖަމާކުރި ދިވެހި ރުފިޔާ ވެސް އަނބުރާ ދީފައިނުވާތީ ދައުލަތުން ދައުވާ އުފުލި މައްސަލައެކެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ޓެކުމުގެ ދައުވާގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ 203،500ރ. ނަގައިދިނުމަށް ވެސް ދައުލަތުން ކޯޓުގައި އެދިފައިވެއެވެ.

އެ މައްސަލައިގައި މުހައްމަދު ސައީދު ދައުވާއަށް އިންކާރުކޮށް ކޯޓުގައި ބުނެފައިވަނީ އޭނާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ކުންފުންޏަށް ޑޮލަރު ހޯދައިދީފައިވާނެ ކަމަށާއި ދައުވާގައި ބުނާ ހާދިސާގައި އޭނާއަށް ޑޮލަރު ރައްދުނުކުރެވުނީ ”އެރާރ“އެއް އެރުމުގެ ސަބަބުން ކަމަށެވެ. އެކި ފަހަރު މަތިން އެފަދަ މުއާމަލާތްތައް ހިންގާފައިވާއިރު، އެންމެ ފަހަރަކު ޑޮލަރު ފޯރުކޮށްނުދެވުމުން އެއީ މަކަރާއި ހީލަތް އަދި ޓެކުމުގެ މައްސަލައެއް ކަމަށް ގަބޫލުނުކުރާކަމަށް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް، ޑޮލަރު ހޯދަން ދެ ކުންފުންޏަކަށް ދިވެހި ރުފިޔާ ޓްރާންސްފާކުރިކަމާއި އެ ފައިސާއަށް ވާ ވަރަށް ޑޮލަރު ލިބުނުކަމާއި ޑޮލަރު ހޯދަން ދިން ދިވެހި ރުފިޔާ އަނބުރާ ރައްދުކުރަންޖެހޭ ކަމަށް ވެސް އޭނާގެ އިފްތިތާހީ ބަޔާނުގައި އަދި ހުލާސާ ބަޔާނުގައި އެއްބަސްވެފައިވާކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، އެ މައްސަލައިގައި ޑޮލަރު ގަތުމަށް ފައިސާ ޓްރާންސްފާކުރުމުން ޑޮލަރު ހޯދައި، އެ ޑޮލަރު އަދި ފައިސާ ވެސް ފޯރުކޮށްނުދީ، އެ ފައިސާ ހޯދަން ގުޅައި އެކި މުހުލަތްތަތެކެއް ދިނުމުން ވެސް ފައިސާ ދީފައިނުވާތީ، އެ ފައިސާ ނިގުޅައިގަތުމުގެ ނިޔަތް އޮވެ މުހައްމަދު ސައީދު އެ ފައިސާ ނިގުޅައިގެންފައިވާކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި އައިމޯ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 203،500ރ. ދެ އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ އިސް ގާޒީ އާދަމް މުހައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: